Ads by
ޚަބަރު
ހެލިކޮޕްޓަރު ދުއްވަން ތިބޭނީ އެ އުފެއްދި ކުންފުނީގެ މީހުން
ޑިފެންސް މިނިސްޓަރު ޣައްސާން: ހެލިކޮޕްޓަރު ދުއްވަން ތިބޭނީ އެ އުފެއްދި ކުންފުނީގެ މީހުން ކަމަށް ވިދާޅުވި - ފޮޓޯ:ޑިފެންސް މިނިސްޓްރީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު އެމީހުންގެ ބަދަލުގައި އައި މީހުންނަކީ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Eki Online

ސިފައިން ފޮނުވާލުމަށް ފަހު އިންޑިއާއިން ގެނައި މަދަނީ މީހުންނާ ގުޅޭގޮތުން ދެކެވެމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން ވިދާޅުވީ މިހާރު ރާއްޖޭގައި އިންޑިއާ ސިފައިންގެ މީހަކު ނުހުންނާނެ ކަމަށެވެ.

“މިވަގުތަށް އެއްބަސްވެވުނީ އެ ޕްލެޓްފޯމްތައް ދެން ބޭނުންކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނީ މަދަނީ މީހުން ބޭނުން ކޮށްގެން. މީގައި އެންމެ މުހިންމު ކަމަކަށް ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ހެލިކޮޕްޓާސް އުފެއްދި ކުންފުނީގެ މުވައްޒަފުންކަން،” ޣައްސާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޯޓު ދުއްވުމުގައި ރާއްޖޭގައި ހަރަކާތްތެރިވި 76 ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލިއިރު، ހަމަ އެއަދަދަށް އިންޑިއާގެ ސިވިލް މުވައްޒަފުން ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. އިންޑިއާއިން މަދަނީންގެ ގޮތުގައި އައި އަދަދަކީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އަދަދު ކަމަށާއި ރާއްޖެ އައީ ހެލިކޮޕްޓަރު އުފެއްދި ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑް ކުންފުނީގެ މުވައްޒަފުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

2 ހަފްތާ ކުރިން

ޙިބަރު ޙަދހިޔާ ކުރި އެއްޗެއް ދިވެހިން ނަނަށް ނުދުއްވެނީ ކީއްވެބާ. ޢެމީހުން މިތާ ތިބޭކައް އެއްގޮތަކަށްވެސް ނުޖެހޭ.

0
0