Sunday, 27 September 2026
Ads by

އެމްޑީޕީ ކެންޑިޑޭޓް ޝިބާގެ އެކްސިޑެންޓާއި ގުޅުވާ ”ރާއްޖެއެމްވީ“ އިން ފަތުރަނީ ދޮގު ޚަބަރެއް: ފުލުހުން

އެމްޑީޕީ ކެންޑިޑޭޓް ޝިބާގެ އެކްސިޑެންޓާއި ގުޅުވާ ”ރާއްޖެއެމްވީ“ އިން ފަތުރަނީ ދޮގު ޚަބަރެއް: ފުލުހުން

އެކްސިޑެންޓްގައި އަނިޔާވިކަމަށް ބުނާ ޝިބާ.. ފޮޓޯ / ދޮގު ޚަބަރު ފެތުރި ރާއްޖެ އެމްވީ...

ގުރޫޕަކުން އައިސް ސައިކަލުން ޖައްސާ، ހުޅުމާލެ އުތުރު ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް އިދިކޮޅު އެމްޑީޕީން ވާދަކުރައްވާ ފާތިމަތު ޝިބާ އަށް ބޮޑެތި އަނިޔާތަކެއް ދީފި ކަމަށް ބުނެ ”ރާއްޖެ އެމްވީ“ އިން ފަތުރާފައި ވަނީ ދޮގު ޚަބަރެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ad Image
Ads by

”ގުރޫޕަކުން އައިސް ސައިކަލުން ޖައްސާ، އެމްޑީޕީ ކެންޑިޑޭޓް ޝިބާ އަށް ބޮޑެތި އަނިޔާތަކެއް ދީފި“ މިސުރުޚީގެ ދަށުން ރާއްޖެ އެމްވީގައި ރިޕޯޓުކޮށްފައިވާ ޚަބަރުގައި ބުނެފައި ވަނީ ކެމްޕޭން ހަރަކާތެއް ނިންމަވާލެއްވުމަށްފަހު ޝިބާ ވަޑައިގަންނަވަނިކޮށް، ބަޔަކު ގަސްތުގައި ސައިކަލުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ.

މި ޚަބަރާއި ގުޅިގެން ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުން ބުނީ ޝިބާގެ އެކްސިޑެންޓާއި ގުޅޭގޮތުން ފަތުރާފައިވަނީ ދޮގު ޚަބަރެއް ކަމަށެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި 2026 މާރިޗު 19 ވަނަ ދުވަހު ހިނގި އެކްސިޑެންޓަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައާއި ބައެއް ނޫސްތަކުގައި ފަތުރަމުންދަނީ ސައްހަ ނޫން ބައެއް މައުލޫމާތުތައް ކަމަށެވެ.

އެގޮތުން މި އެކްސިޑެންޓް ހިނގި ސަރަހައްދުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ 2026 މާރިޗު 19 ވަނަ ދުވަހުގެ ހަވީރު 17:25 އެހައިކަންހާއިރު ދެ ސައިކަލު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ފަދައިން، މިއީ ވަކި މަގުސަދެއް އޮވެގެން ގަސްދުގައި މީހަކަށް ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށާއި، އަދި މިއީ އެކްސިޑެންޓްވުމަށްފަހު ފިލައިގެން ދިޔަ ހާދިސާއެއް ނޫންކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ، ހުޅުމާލެ ފޭސް 2، ހިތިގަސްމަގުން ދުއްވާފައިދިޔަ ސައިކަލެއް ފޭރުގަސްމަގު 2 ނަންބަރު ގޯޅި އަށް އަޅަން އުޅުނު ވަގުތު، ހިތިގަސްމަގުން ދުއްވާފައި ދިޔަ އެހެން ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގި ވަގުތު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ސީން އިން ބޭނުންވާ މައުލޫމާތާއި އެކްސިޑެންޓްގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ނަގާފައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާކަން ހާމަކުރިއެވެ.

ރާއްޖެ އެމްވީ އިން މި ފެތުރި ދޮގު ޚަބަރާއި ގުޅިގެން އެ ނޫހުން މިހާތަނަށް ޖަވާބުދާރީ ވެފައި ނުވެއެވެ. މިކަމަށް އިޝާރާތްކުރައްވާ ފުުލުހުން ވަނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ސައްހަނޫން މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވެސް ވަނީ ރާއްޖެ އެމްވީގެ ޚަބަރު ދޮގު ކުރައްވާފައެވެ. ޝިފާންވެސް ވިދާޅުވީ އެކްސިޑެންޓް ހިނގިކަމާއި، ޚާބަރުގައިވާފަދައިން ގަސްދުގައި ދިން ހަމަލާއެއްކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެކްސިޑެންޓަށްފަހު އެއްވެސް މީހަކު ސީން އިން ފިލައިގެން ގޮސްފައިނުވާ ކަން ޝިފާން ފާހަގަކުރެއްވިއެވެ.

ރާއްޖެއެމްވީ އިން މިފަދަ ހައްސާސް ކަމެއްގައި ދޮގު ޚަބަރެއް ގެނައުމާއި ގުޅިގެން މީޑިއާ ކޮމިޝަނުން އަދި ވަކި އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Iruthisham
ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ: އިރުތިޝާމް
20260926_230416
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިރާޤުން އީރާނުގެ ފްލައިޓްތައް ހުއްޓުވުމުން އީރާނުން އިންޒާރުދީފި
policee
"ހައުސިންގ މިނިސްޓްރީގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލަ ބަލައިފިން، ލިޔެކިޔުންތަކެއް މަދުވެފައެއް ނުވޭ"
download - 2026-09-26T212059
އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް އަށް ރަށެއްގައި ގާއިމްކޮށްފި
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި