Ads by
ޚަބަރު
ހޮޓެލް އޭޝިއާ 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ހޮޓެލް އޭޝިއާ 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ވަނީ ސޮއިކޮށްފައި - ފޮޓޯ:ދިރާގު

ހޮޓެލް އޭޝިއާ 2024 އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އިން ސޮއިކޮށްފިއެވެ.

Ads by Eki Online

ހޮޓެލް އޭޝިއާއަކީ ރާއްޖޭގައި އިންތިޒާމުކޮށްގެން ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޑް އެންޑް ހޮސްޕިޓާލިޓީ ޓްރޭޑް ޝޯއެކެވެ. މި އަހަރު ކުރިއަށް ދާނީ ހޮޓެލް އޭޝިއާގެ 18 ވަނަ އެޑިޝަނެވެ. މި އަހަރުގެ އިވެންޓުގެ އެގްޒިބިޝަން ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގެ އަދި އުސްފަސްގަނޑުގައެވެ. މި އިވެންޓުގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ކުރިއަށް ދާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގެ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައެވެ.

ދިރާގުން ބުނީ މި އެގްޒިބިޝަނުގައި ރާއްޖެ އާއި ރާއްޖޭން ބޭރުން 100 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ، އެ ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލާނެ ކަމަށެވެ. މީގެ އިތުރުން އާ އުފެއްދުންތައް ލޯންޗުކުރުމާއި ދައްކާލުން އަދި އެކި ވޯކްޝޮޕް ހަރަކާތްތައް ވެސް އެގްޒިބިޝަނުގެ ތެރެއިން ވަކި އިވެންޓުތަކުގެ ގޮތުގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނެފައި ވަނީ މި ފަހަރުގެ ކަލިނަރީ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ޖަޖިން ޕެނަލަކާ އެކު 25 ކެޓަގަރީއަކުން 600 އަށް ވުރެ ގިނަ ދިވެހި އަދި ބައިނަލްއަގުވާމީ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިން ބައިވެރިވާނެ ކަމަށެވެ. މި އިވެންޓުގެ ސަބަބުން އެ ފަރާތްތަކުގެ ހުނަރުތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި ނެޓްވޯކް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބާއްވާ މިފަދަ ޕްރޮގްރާމުތަކާއި އިވެންޓުތަކަށް އެއްބާރުލުންދީ އެހީތެރިވުމަށް ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *