Ads by
ޚަބަރު
ރަސްގެފާނުގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ އުމްރާއަކަށް ރައީސްގެ ދެކަނބަލުން ސައުދީގައި
ރަސްގެފާނުގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ އުމްރާއަކަށް ރައީސްގެ ދެކަނބަލުން ސައުދީއަށް ވަޑައިގަތުން - ފޮޓޯ:އެސްޕީއޭ

މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެ ގައުމަށް ވަޑައިގެންފައި ވަނީ މިއަދު އެވެ.

Ads by Eki Online

ރައީސް އޮފީހުން ބުނެފައި ވަނީ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ރައީސްގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ސައުދީއަށް ދަތުރުކުރެއްވީ އެ ގައުމުގެ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *