Ads by
ޚަބަރު
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނާޒިމް ފޯމު ހުށަހަޅައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.

Ads by Eki Online

ދަރުބާރުގޭގައި ނާޒިމްގެ ފޯމް ހުށަހެޅުއްވުމުގެ ރަސްމިއްޔާތުގައި ނާޒިމްގެ އިތުރުން ރަނިންމޭޓް ޑރ. އަހުމަދު އަދީލް ނަސީރު އަދި އެމްއެންޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ފަރާތުންވެސް ވަނީ ފޯމް ހުށަހަޅާފައެވެ.

ނާޒިމްގެ ކެންޑިޑެންސީ ފޯމަކީ ރިޔާސީ އިންތިހާބު 2023 ގައި ވާދަކުރެއްވުމަށް އިލެކްޝަން ކޮމިޝަނަށް ހުށައެޅި ތިންވަނަ ފޯމެވެ. އެންމެ ފުރަތަމަ ހުށައަޅާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ފޯމެވެ. ނަމަވެސް އެ ފޯމް ގާނޫނީ ގޮތުން ޝަރުތު ހަމަނުވާކަމަށްބުނެ ވަނީ ބާތިލް ކޮށްފައެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *