Wednesday, 9 September 2026
Ads by

ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގައި އުޅަނދު ޕާކުނުކުރަން އެދިއްޖެ

ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގައި އުޅަނދު ޕާކުނުކުރަން އެދިއްޖެ

ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގެ ތެރެއިން އިސްލާމީ މަރުކަޒު ކައިރިން ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު--- ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

މި އަހަރުގެ ފިޠުރު ޢީދު ނަމާދު، މާލޭ ސިޓީގެ އެކި ސަރަޙައްދުތަކުގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވާތީ، މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައި. އެ މަގުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ފުލުހުން އަންގައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ފުލުހުން އެކްސްގައި ޙިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި އަހަރުގެ ފިޠުރު ޢީދު ނަމާދަށް އިސްލާމީ މަރުކަޒާއި، ސަލްމާން މިސްކިތުގެ އިތުރުން މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

ފުލުހުން ވަނީ އިސްލާމީ މަރުކަޒު ކައިރިން އަމީރު އަޙްމަދު މަގުގެ ޖުމްހޫރީ މައިދާނާއި އިސްލާމީ މަރުކަޒާ ދެމެދުގައި އޮންނަ ފަޅީގައި ޕާކުކުރުން މަނާކޮށްފައެވެ. މީގެ އިތުރުން ސަލްމާން މިސްކިތުގެ ގޭޓު ހިމެނޭ ސަރަޙައްދާއި، ހިލާލީ މަގު އެސްޓީއޯ ލޭބަރ ކުއާޓަރ އިން ފެށިގެން މިފްކޯ މަސް ފިހާރައާ ދިމާލުގައިވެސް ޕާކުކުރުން ފުލުހުން ވަނީ މަނާކޮށްފައެވެ.

އެ ސަރަޙައްދުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް އިއްޔެ ހަވީރު 15:00 ގެ ކުރިން އެ ތަނުން ނެގުމަށް ފުލުހުން ވަނީ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އަންގައިފައެވެ.

މާލެ ސަރަޙައްދުގެ ޖުމްލަ 24 މިސްކިތެއްގައި މި އަހަރުގެ ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ބޮޑު ޖަމާޢަތުގައި ހަތަރު ސަރަޙައްދެއްގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި