Wednesday, 9 September 2026
Ads by

އަލިފާނު ހާދިސާ: 15 ގެޔަކުން 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރި

އަލިފާނު ހާދިސާ: 15 ގެޔަކުން 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރި

ކެމިކަލް ގުދަނުގައި އަލިފާން ރޯވުން---

މާފަންނުގައި ހުރި ކެމިކަލް ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަޙައްދުގައި ހުރި 15 ގެޔަކުން ޖުމްލަ 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރެވުނު ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ޢިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ކުރީގެ ޑްރަގް ކޯޓާ އިންވެގެން ހުރި ޕްރައިމް ނަމަކަށް ކިޔާ ކެމިކަލް ގުދަނެއްގައެވެ. އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި ރޭ 21:45 އެހައިކަންހާއިރު ރޯވި މި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހުގެ ވަގުތުގައި ކަމަށެވެ.

މި ހާދިސާގައި ރޭ ދަންވަރު 2:30 އާއި ހަމައަށް 15 ގެއަކުން 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، އެއީ 69 އަންހެނުންނާއި 385 ފިރިހެނުން ކަމަށް އެންޑީއެމްއޭ އިން ވަނީ މަޢުލޫމާތު ދީފައެވެ. މީގެ އިތުރުން ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެންޑީއެމްއޭ އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ 454 މީހުންގެ ތެރެއިން 302 މީހުންނަކީ މަސައްކަތްތެރިން ކަމަށާއި އޭގެ ތެރެއިން 280 ބިދޭސީއަކާ އެ މީހުންގެ ވެރިފަރާތުން ޙަވާލުވެފައިވާ އެންޑީއެމްއޭ އިން ބުންޏެވެ. މީގެ އިތުރުން 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މި ހާދިސާގެ ސަބަބުން ބައެއް ޢާއިލާތަކުން ވަގުތީ ގޮތުން ޢާއިލީ ގޭގެއަށް ބަދަލުވެފައިވާއިރު، ހުސްކުރަންޖެހުނު 15 ގެވެސް ހުސްކުރަން ޖެހުނީ ބޯދުމުގެ ސަބަބުން ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އަލިފާނުގެ އަސަރުކޮށްގެން ހަތް މީހަކަށް ހޮސްޕިޓަލުން ފަރުވާދެވުނު ކަމަށާއި އެ ހުރިހާ އެންމެންގެ ޙާލު ރަނގަޅު ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި މި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްއާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ގުދަނެކެވެ. މި ހާދިސާގައި އެ ގުދަން ވަނީ ބޭނުންނުކުރެވޭ ވަރަށް އެއްކޮށް ހަލާކުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި