Sunday, 26 July 2026
Ads by

ފެންނަ ނުފެންނަ ވޯޓަކީ ”ޗައްކަރެއް“ ކަމަށް ބުނާ ފަރާތްތަކަށް ދިޔާނާގެ ވަރުގަދަ ރައްދެއް

ފެންނަ ނުފެންނަ ވޯޓަކީ ”ޗައްކަރެއް“ ކަމަށް ބުނާ ފަރާތްތަކަށް ދިޔާނާގެ ވަރުގަދަ ރައްދެއް

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު---

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނިންމުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކީ ”ޗައްކަރެއް“ ކަމަށް ބުނާ ފަރާތްތަކަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންގެ ގާތަށް ވެރިން އަންނަ އައުން މަދުކުރުމަށް ޖަހާ ”ޗައްކަރެއް“ ކަމަށް ބުނެ އަޙްމަދު ރަޝީދު ނަމަކަށް ކިޔާ ފަރާތަކުން އެކްސްގައި ޙިއްޞާކުރި ޕޯސްޓަކަށް ރައްދުދެއްވަމުން ދިޔާނާ ވިދާޅުވީ އޭނާގެ އެ ވާހަކަ ޤަބޫލުކުރަން ދަތި ކަމަށެވެ. ސަބަބަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ލިބިދިނުން ފަހިކުރުމަށްޓަކައި ރާއްޖޭގެ ހިންގުން ޤާނޫނުއަސާސީ އާއި ޤާނޫނުން ލާމަރުކަޒުކުރެވި، ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކުގެ ދައުރު ފުޅާކުރެވި, ބާރުތައް ޑިވޯލްވްކުރެވުމުގެ އިތުރުން މިނިސްޓްރީތަކާ ދެމެދު ފާލަން އެޅިފައިވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ އަޑު ވަގުތުން އިއްވޭނެ އެތައް ވަސީލަތެއް ޤާއިމުކުރެވިފައިވާކަން ފާހަގަކުރައްވަމުން ދިޔާނާ ވިދާޅުވީ، މިހާރު ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލައަކީ، ރައްޔިތުންގެ ބޭނުންތަކަށް އެދެވޭ ގޮތުގައި ވަކާލާތުކޮށްދޭނެ އަދި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ފެންވަރުގެ މަޖިލީހެއް އިންތިޚާބީ ނިޒާމުން ލިބިނުގަނެވި އޮތުން ކަމަށެވެ.

މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގެ ކުރިން އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުން މަސައްކަތްކުރަނީ އެ ކަމަށް ޙައްލެއް ހޯދައިދިނުމަށް ކަމަށް ދިޔާނާ ވަނީ އިތުރަށް ވިދާޅުވެފައެވެ.

މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވާކަން ދިޔާނާ މީގެ ކުރިންވެސް ހާމަކުރައްވައިފައެވެ. އެގޮތުން މިހާރު މިއޮތް ސްޓެގާރޑް އިންތިޚާބީ ނިޒާމަކީ ރާއްޖޭގެ ކޮންޓެކްސްޓްގައި ފެއިލްވެފައި އޮތް ނިޒާމެއް ކަމަށާއި، ކަން މިހެން އޮތްއިރު ދެންހުރި އޮޕްޝަންސްތައް ނުވަތަ ގޮތްތައް ބެލުމަކީ ލާޒިމު ކަމެއް ކަމަށް މީގެ ކުރިން ދިޔާނާ ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި