Ads by
ޚަބަރު
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޞާލިޙްގެ ކެންޑިޑެސީ ފޯމް ހުށަހަޅައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެންޑިޑެސީ ފޯމް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށައަޅައިފިއެވެ.

Ads by Eki Online

ރައީސް ޞާލިޙްގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ.

ރައީސް ޞާލިޙްގެ ކެންޑިޑެސީ ފޯމަކީ އިލެކްޝަން ކޮމިޝަނަށް ހުށައެޅި ދެވަނަ ކެންޑިޑެސީ ފޯމެވެ.

އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ފޯމެވެ.  ނަމަވެސް އެ ފޯމް އީސީން ވަނީ ޝަރުތު ހަމަނުވާކަމަށް ނިންމާފައެވެ. އީސީން ބަލައިނުގަތް މައްސަލަ ޕީޕީއެމްއިން ވަނީ ސުޕްރިމް ކޯޓަށް ވެސް ހުށަހަލާފައެވެ. މިއަދު ބޭއްވި ޝަރީއަތުގައި ސުޕްރީމް ކޯޓުންވަނީ އީސީގެ ނިންމުމަށް ތާއީދުކޮށް ރައީސް ޔާމީންއަށް ކުރިމަތިނުލެނެކަމަށް ހުކުމްކޮށްފައެވެ.

އެމްއެންޕީން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަދި ޑިމޮކްރެޓްސް އިން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމުވެސް މިއަދު ވަނީ އީސީއަށް ހުށަހަޅާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *