Wednesday, 9 September 2026
Ads by

އީރާންގެ ހަމަލާތަކާ އެކު އިޒްރޭލުގެ ތެލް އަވީވް އަނދާ ހުލިވަނީ

އީރާންގެ ހަމަލާތަކާ އެކު އިޒްރޭލުގެ ތެލް އަވީވް އަނދާ ހުލިވަނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުން ތަކުގައި އަނިޔާވެރި ޔަހޫދީންނަށްވެސް ބިރުވެރިކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

Ad Image
Ads by

އިޒްރޭލާއި އެމެރިކާ ގުޅިގެން ހުސްވި ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާއި ދެކޮޅަށް ފެށި ޢުދުވާނުގެ ރައްދު ހަމަލާތައް އިރާނުން ވެސް ދަނީ ދުވަހެއް ދުވަހަކަށް ވަރުގަދަ ކުރަމުންނެވެ. އެގޮތުން އީރާނުން ޔަހޫދީންގެ ވެރިރަށް ތެލް އަވީވަށް ބާރުގަދަ ހަތިޔާރު ބޭނުން ކޮށްގެން ވަރުގަދަ ހަމަލާތަކެއް ދެމުން އެބަދެއެެވެ. ކްލަސްޓަރ ވޯހެޑް، ނުވަތަ ގިނަ އަދަދެއްގެ ވަކިވަކި ބޮންތަކެއް ހިމެނޭ މިސައިލް ބޭނުން ކޮށްގެން ދެމުންދާ ހަމަލާތައް ދިފާޢު ކުރުމަށް ޞަހްޔޫނީ ދައުލަތުގެ ފައުޖުތަކުން ވަނީ ނުކުޅެދިފައެވެ. އަދި، ދިފާޢު ނުކުރެވި، އޭގެ ތެރެއިން ގިނަ ހަމަލާތައް ދަނީ ޔަހޫދީންގެ އަމާޒުތަކަށް އަރަމުންނެވެ.

އީރާންގެ މިވަރުގަދަ ހަމަލާތަކުގައި ޔަހޫދީ ފައުޖުގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ޒަޚަމުވަމުންދާއިރު، ތެލް އަވީވްގެ ގިނަ ސަރަޙައްދުތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ތެލްއަވީވް ގެ މަލަމަތި އޮތޯ އަލިފާނުގެ ކިއްލާއެއް ހެނެވެ. އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)އިން ބުނީ، މި ހަމަލާތަކަކީ އީރާންގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ ޢަލީ ލަރިޖާނީއާއި އޭނާގެ ދަރިކަލުން އަދި ނާއިބު ޢަލީރިޟާ ބައްޔާތު ޝަހީދުކޮށްލުމުން އެ ކަމުގެ ބަދަލުހިފުމުގެ ގޮތުން ދެމުންދާ ހަމަލާތަކެއް ކަމުގައެވެ. މި ޙަމަލާތަކުގައި ބޭނުންކޮށްފައިވަނީ ’ޚަރްމަޝްހެރު 4‘ އަދި ’ޤޮދަރް‘ މަރުކާގެ އެންމެ ޒަމާނީ މިސައިލްތަކެވެ.

ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އެކުވެރި ދައުލަތްތައް (އދ)ގެ އެޓޮމިކް ހަކަތައާ ބެހޭ މައި އިދާރާ (އައިއޭއީއޭ)ގެ ވެރިޔާ ރަފަޔަލް ގްރޮސީ ވަނީ ނިއުކްލިއަރ ކާރިސާއަކުން ސަލާމަތްކުރުމަށް ޓަކައި ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައްވާފައެވެ. ނަމަވެސް، އީރާނުގެ އެންމެ އިސް މުރުޝިދު މުޖްތަބާ ޙުސައިނީ އަލް-ޚާމަނާޢީ ވަނީ އެމެރިކާއިން ފޮޮޮނުވި ސުލްޙައިގެ ހުށަހެޅުންތަކަށް އިންކާރު ކުރައްވާފައެވެ.

މި އިންކާރު ކުރެއްވުމާއި ގުޅިގެން އީރާނުގެ އައު ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާޢީ ވިދާޅުވީ، އެމެރިކާއާއި ޔަހޫދީ ދައުލަތް ބަލިވެ، ކަކޫ މައްޗަށް ތިރިވެ، ދީފައިވާ ހުރިހާ ގެއްލުމެއްގެ ބަދަލު ފުރިހަމައަށް ނުދެނީސް އެއްވެސް މަޝްވަރާއެއް ނުވަތަ ސުލްޙައެއް ނޯންނާނެ ކަމަށެވެވެ. އަދި މިއީ ލަރިޖާނީއާއި އޭނާގެ ޢާއިލާ ޝަހީދުކޮށްލުމަށްފަހު އީރާނުން ކުރިއަށްދާނެ ސާބިތު ގޮތްކަން ވެސް މުޖްތަބާ ޚާމަނާޢީ ވަނީ ޔަޤީން ކޮށްދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި