Ads by
ޚަބަރު
އެމްއޭސީއެލްއިން ހައްޖަށް ފޮނުވާ 10 މުވައްޒަފުންނާއި ލިޔުން ހަވާލުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަރާތުން ހައްޖަށް ފޮނުވާ އެކުންފުނީގެ 10 މުވައްޒަފުންނާއި ލިޔުން ހަވާލު ކޮށްފިއެވެ.

Ads by Eki Online

މުވައްޒަފުންނާއި ލިޔުން ހަވާލު ކޮށްފައިވަނީ ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ އެކުންފުނީގެ މުވައްޒަފުން ހައްޖަށް ފޮނުވުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން އެންމެ އިސްކަން ދީފައިވަނީ އެންމެ ދުވަސްވީ މުވައްޒަފުންނަށާއި، މިހާތަނަށް ހައްޖަށް ގޮސްފައި ނުވާ މުވައްޒަފުންގެ އިތުރުން ލިޔުންތައް ހަމަކޮށް އެންމެ ކުރިން ހުށަހެޅި މުވައްޒަފުންނަށް ކަމަށެވެ. އަދި އެކުންފުނިން ބުނެފައިވަނީ މުވައްޒަފުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން، މުވައްޒަފުން ހައްޖަށް ފޮނުވާ ސިޔާސަތުވެވެސް ހިމެނޭ ގޮތުން އުސޫލުތައް އަލުން މުރާޖައާ ކުރަން ފަށާފައިވާކަމުގައެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝަރީފް ވިދާޅުވީ، މި އަހަރު މުވައްޒަފުން ހައްޖަށް ފޮނުވުމަށް ގޮންޖެހުންތަކެއް ކުރިމަތިވި އެއީ އެ ކުންފުންޏަށް މުހިންމު ކަމަށް ވާތީ ސަރުކާރާ ގުޅިގެން މުވައްޒަފުންނަށް ފުރުސަތު ހޯދާދީފައި ވާކަމުގައެވެ. އަދި ހުއްޓުމެއްނެތި ކުންފުނީގެ މުވައްޒަފުންނަށް ކުރިމަގުގައިވެސް ހައްޖަށް ދެވޭނެކަމުގެ ޔަގީންކަން އޭނާ ދީފައިވެއެވެ.

އެމްއޭސީއެލް އިން މުވައްޒަފުންނަށް ހައްޖު ސްޕޮންސާޝިޕް ދޭން ފެށީ 1998 ވަނަ އަހަރުއެވެ. އޭގެ ފަހުން އެކި ސަބަބުތަކާ ހުރެ އެކަން މެދުކަނޑާލުމަށް ފަހު އަލުން ފެށީ 2017ގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *