Ads by
ޚަބަރު
އިތުރު 10 ކުއްޖަކު ބޯންމެރޯ ހަދަން ފޮނުވަނީ
ބައިނަލްއަގްވާމީ ތެލެސީމިއާ ދުވަހާއި ގުޅިގެން ރޭ ބޭއްވި ޖަލްސާ ގައި މިނިސްޓަރ ވާހަކަލަފުޅު ދައްކަވަނީ.... ފޮޓޯ: ހެލްތް މިނިސްޓްރީ

ދައުލަތުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދިޔަ ކުދީންގެ ތެރެއިން ދެ ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށާ އިތުރު 10 ކުއްޖަކު ބޯންމެރޯ ހަދަން ފޮނުވަން ނިންމާފައިވާކަމަށް ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް ޑރ. މުޢިއްޒުގެ ވައުދާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިކަން ފޯރުކޮށްދެނީ ޒަކާތު ފަންޑުންނެވެ. މިހާތަނަށް 5 ކުއްޖަކު ވަނީ ބޯންމެރޯ ހެދުމަށް ގޮސްފައެވެ.

ބައިނަލްއަގްވާމީ ތެލެސީމިއާ ދުވަހާއި ގުޅިގެން ރޭ ބޭއްވި ޖަލްސާ ގައި މިނިސްޓަރ ވިދާޅުވީ އެ 5 ކުދީންގެ ތެރެއިން 2 ކުއްޖެއްގެ އޮޕަރޭޝަން ނިމިފައިވާ ކަމަށެވެ. ދެ ކުދީންގެ އޮޕަރޭޝަން ވެސް ކާމިޔާބު ކަމަށާ މިވަގުތު ހޮސްޕިޓަލުން ވެސް ދޫކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އަނެއް ތިން ކުދީންގެ އޮޕަރޭޝަން ވަރަށް އަވަހަށް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ރޭ ވަނީ މި އަހަރު އިތުރު 10 ކުދީން ބޯމެރޯ ހެދުމަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން އަހަރުގެ މެދުތެރޭ 5 ކުއްޖަކު އަދި ފަސްކޮޅު 5 ކުއްޖަކު ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.

މި 5 އަހަރުން 50 ކުދީންނަށް ބޯންމެރޯ ހަދައިދޭން އެހީތެރިވެދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *