Wednesday, 9 September 2026
Ads by

”އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވި ނަމަވެސް ދުސްތޫރީ ނިޒާމަށް އެއްވެސް ބަދަލެއް ނާންނާނެ“

”އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވި ނަމަވެސް ދުސްތޫރީ ނިޒާމަށް އެއްވެސް ބަދަލެއް ނާންނާނެ“

ބަންޑާރަ ނައިބު އަޙްމަދު އުޝާމް---

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވި ނަމަވެސް ދިވެހިރާއްޖޭގެ ތިން ބާރު ވަކިވެފައި އޮންނަ ދުސްތޫރީ ނިޒާމަށް އެއްވެސް ކަހަލަ ބަދަލެއް ނާންނާނެކަމަށް ބަނޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ބަންޑާރަ ނައިބު އުޝާމް މި މޭރުމުން ވިދާޅުވީ ދަޢުލަތުގެ މީޑިއާގެ ޕްރޮގްރާމެއް ކަމަށްވާ ”ރާއްޖެ މިއަދު“ ޕޮރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ، މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ރާއްޖޭގެ އިންތިޚާބީ އޮނިގަނޑަށް ބަދަލެއް އައި ނަމަވެސް، މިއީ ރާއްޖޭގެ އަސާސީ ދުސްތޫރީ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނޫންކަމަށެވެ.

ބައެއް ބޭފުޅުން އެބަ ޤަބޫލުކުރައްވާ މިއީ ދުސްތޫރީ ވަރަށް ބޮޑު ބަދަލެއް ކަމަށްވެސް، ބައެއް ބޭފުޅުން އެބަ ޤަބޫލުކުރައްވާ މިއީ އިންތިޚާބީ އޮނިގަނޑަށް އަންނަ ބަދަލެއް ކަމަށްވެސް، އަނެއްބައި ބޭފުޅުން ޤަބޫލުކުރައްވާ މިއީ ޤާނޫނީ ބަދަލެއް ކަމަށްވެސް، ދުސްތޫރީ އޮނިގަނޑަށް އަންނަ ބަދަލެއްތޯ އެ ކުރެވޭ ސުވާލުގެ ޖަވާބުގައި އަޅުގަނޑު ދެކޭގޮތުގައި މިއީ ދިވެހިރާއްޖޭގެ ދުސްތޫރީ ގެނެވޭ ބަދަލެއްނޫން، މި ބަދަލު މިހެން ގެނައިކަމުގައިވީ ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ޤަބޫލުކޮށްފައޮތް އެންމެ މައިގަނޑު އެއް އަސާސަކީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް ރާއްޖޭގައި އޮތުން، މި ބަދަލުގެނައި ކަމުގައިވީ ނަމަވެސް އެ ނިޒާމަކަށް އެއްވެސް ބަދަލެއް ނާދޭ،“ – އުޝާމް ވިދާޅުވިއެވެ.

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ، މިހާރު ކަންކަން އޮންނަ ގޮތުން، ރިޔާސީ އިންތިޚާބު ނިމި ހަ މަސްދުވަސް ފަހުން މަޖިލިސް އިންތިޚާބު، އަދި އޭގެ އަހަރެއްހައި ދުވަސް ފަހުން އަނެއްކާ ކައުންސިލް އިންތިޚާބު ބާއްވަންޖެހޭ ކަމަށާއި މިކަމުގެ ސަބަބުން، ސަރުކާރަށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބޭ ފަސް އަހަރުގެ ދައުރުގެ ބޮޑުބައެއް ހޭދަވަނީ އިންތިޚާބީ ވާދަވެރިކަމުގެ ތެރޭގައި ކަމަށެވެ.

ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ، މިކަމަށް ހައްލެއް ހޯދުމަށް ސިޔާސީ ޕާޓީތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ވަނީ ވަނީ ފާސް ކޮއްފައި ކަމަށާއި. އަދި އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު މިކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާނެ ކަމަށެވެ.

އުޝާމް އިތުރަށް ވިދާޅުވީ، މި ބަދަލު އަތުވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ ހުވައިކުރެއްވުމަށްފަހު، ދެ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އައު މަޖިލިސް ހުވައިކުރާނެ ކަމަށެވެ. މިކަމުގެ ސަބަބުން ވޭތުވެދިޔަ 20-25 އަހަރު ރާއްޖޭގައި އޮތް ސިޔާސީ ދެކޮޅުވެރިކަން ޙައްލުވެ، ޤައުމަށް ހަމަޖެހުން ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ބަންޑާރަ ނައިބު އުޝާމް ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި