Ads by
ޚަބަރު
ރެއާލް އަނެއްކާ ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް
ލަނޑު ޖެހުމަށްފަހު ރެއާލް ކުޅުންތެރިން އުފާ ފާޅުކުރަނީ... ފޮޓޯ: ސްޕޯސް ސްޓަރ

ސެމީ ފައިނަލުގެ ދެ ވަނަ ލެގުގެ ފަހު ވަގުތު 2 ލަނޑު ޖަހައި، 2-1 އިން ބަޔާން މިއުނިކް ބަލިކުރުމަށް ފަހު، ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

Ads by Eki Online

މި މެޗުގެ 88 ވަނަ މިނިޓާ ހަމައަށް ބަޔާން އޮތީ 1-0 އިން ކުރީގައެވެ. ބަދަލަކަށް ކުޅެން އެރި ފޯވާޑް ހޮސޭލޫ ޖެހި 2 ލަނޑާއި އެކު، ރެއާލުން ވަނީ ނަތީޖާ އަނބުރާލައިފައެވެ. މެޗުން މޮޅުވެ، އެގްރިގޭޓަށް ބަލާއިރު، 4-3 އިން ކުރިހޯދީ ރެއާލްއެވެ.

ބަޔާނުން ލީޑުނެގީ މެޗުގެ 68 ވަނަ މިނިޓްގައި އަލްފަންސޯ ޑޭވިސް ޖެހި ލަނޑުންނެވެ. ބަޔާންގެ ފޯވާޑް ހެރީ ކޭން ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަނުމަށް ފަހު ޑޭވިސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ އިރުކޮޅެއް ފަހުން ރެއާލުން ލަނޑެއް ޖަހައި އެއްވަރުކުރިއެވެ. އަލުން 3 މިނެޓް ވެސް ނުވަނީސް ހޮސEލޫ ރެއާލް އަށް އިތުރު ލަނޑެއް ޖަހައިދީ މެޗު ކާމިޔާބުކޮށްދިނެވެ.

ރެއާލްގެ އަމިއްލަ ދަނޑު، ސެންތިއާގޯ ބާނަބޭއޫ އަކީ ނަތީޖާ އަނބުރާލަން ރެއާލް އަށް އެންމެ ފަރިތަ ދަނޑެވެ. މެންޗެސްޓާ ސިޓީ އާއި ލިވަޕޫލަށް ވެސް މީގެ ކުރިން ވަނީ އެ ދެރަ ދީފައެވެ. މިފަހަރު އެ ދެރަ ލިބުނީ ބެޔާންއަށެވެ.

މިއީ 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލުން ފައިނަލުގައި ކުޅޭނެ 18 ވަނަ ފަހަރެވެ. މިދިޔަ 11 އަހަރު ތެރޭ ރެއާލުން ކުޅޭ 6 ވަނަ ޗެމްޕިއަންސް ލީގު ފައިނަލެވެ.

އަންނަ މަހު 1 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ރެއާލް ނުކުންނާނީ ބޮރޯޝިއާ ޑޯޓްމެންޑާ ދެކޮޅަށެވެ. މެޗު ކުޅޭނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *