ހައިވޭއިން ދަތުރުކުރަމުން ދިޔަ ޕިކަޕެއް ފެންސެއްގައި ޖެހި ފޮރޮޅާލައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އުޅަނދު ފުރޮޅާލާފައިވަނީ ފެންސެއްގައި ޖެހުމުގެ ސަބަބުން ހައިވޭއިން ބްރިޖަށް އަރާ ލައިޓް ކައިރީގައެވެ. ޕިކަޕު ފޮރޮޅާލުމުގެ ސަބަބުން އެ ސަރަޙައްދުގައި އުޅަނދުތައް ވަނީ ތޮއްޖެހިފައެވެ.
ފުލުހުން އެ ސަރަޙައްދުގައި ހަރަކާތެރިވަމުންދާއިރު، ފުލުހުން ބުނީ ހުޅުމާލެއިން އެއާޕޯޓަށް ހައިވޭގައި ދަތުރު ކުރި އުޅަނދެއް މަގުގެ އެއްފަރާތުގައި ހުންނަ ފެންސްގައި ޖެހި އެކްސިޑެންޓް ވެގެން ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ.
މި އެކްސިޑެންޓްގައި އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.












