Ads by
ޚަބަރު
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާ މި މަހު 28 ގައި ބާއްވަން ނިންމައިފިއެވެ.

Ads by Eki Online

ބީއެމްއެލްއިން ބުނީ އެކުންފުނީގެ 41 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 20:30 ގައި ހޮޓެލް ޖެންގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ޖަލްސާ ބާއްވާނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެން އަދި އޮންލައިންކޮށް “ފަހިވޯޓު” މެދުވެރިކޮށް ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

އެ ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 20ގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށް އެކަނި ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ޖަލްސާ އޮންނަ ދުވަހުގެ ރޭ ޖަލްސާގައި ބައިވެރިވާ ކަމަށް ރަޖިސްޓްރީވާންޖެހޭނެ ކަމަށެވެ. ހޮޓެލް ޖެންގެ ޖަލްސާ ކުރާ މާލަމުގައި ރޭގަނޑު 7:00 އިން 8:15 އާ ހަމައަށް ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

އެ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ މީހުންނަށް މާދަމާއިން ފެށިގެން މެއި 26، ގެ ރޭގަނޑު 8:30 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެއެވެ. އެމްއެސްޑީގެ ސިސްޓަމް އިންފިނިޓީ ބޭނުންކޮށްގެން އޮންލައިންކޮށް ވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާ އިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާގެ މަގުން، ޖުމުލަ 269 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މިއީ ބީއެމްއެލް އިން ބުނާ ގޮތުގައި އެ ބޭންކުގެ ތާރީހުގައި ވެސް ޑިވިޑެންޑުގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ. މި އަދަދާ މެދުގައި ގޮތެއް ނިންމާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ވޯޓު ލައިގެންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *