Ads by
ހޮލީވުޑް / ބޮލީވުޑް
ދީޕިކާ އާއި ރަންވީރު ވަރިވާން އުޅޭ ވާހަކަ އަނެއްކާވެސް މީޑިއާއަށް

ބޮލީވުޑްގެ ތަރި، ދީޕިކާ ޕަޑުކޯނާއި ރަންވީރު ސިންގް ކައިވެނި ކޮށްގެން އުޅޭތާ ފަސް އަހަރު ފަހުން، އެ މީހުން ވަކިވާން އުޅޭ ކަމުގެ އަޑުތައް އަނެއްކާވެސް އަރައިފިއެވެ.

Ads by Eki Online

ރަންވީރާއި ދިޕިކާ ވަރިވާން އުޅޭ ކަމަށް އަޑުތައް އަރާފައިމިވަނީ ރަންވީރު އޭނާގެ އިންސްޓަގްރާމުން އެމީހުންގެ ކައިވެނީގެ ހުރިހާ ފޮޓޯތަކެއް ޑިލީޓްކުރުމާ ގުޅިގެންނެވެ.

މިދިޔަ އަހަރުވެސް ވަނީ ރަންވީރާއި ދިޕިކާ ވަރިވާން އުޅޭ ކަމަށް ބުނެ މީޑިއާގައި ރިޕޯޓްކޮށްފައެވެ.

ރަންވީރުގެ އިންސްޓަގްރާމުން އެމީހުންގެ ކައިވެނި ފޮޓޯތައް ޑިލީޓްކުރި ނަމަވެސް ދީޕިކާގެ އިންސްޓަގުރާމްގައި އަދިވެސް އެ ފޮޓޯތައް ފެންނަން އެބަހުއަޓެވެ.

ރަންވީރުގެ އިންސްޓަގްރާމްގައި މިހާރު ފެންނަން ހުރީ 2023ން ފެށިގެން އޭނާ ލާފައި ހުރި ފޮޓޯތައް ކަމަށް ވުމުން ކައިވެނި ފޮޓޯތައް ހިމެނޭހެން އޭގެ ކުރިން ލީ ފޮޓޯތައް އާކައިވް ކުރީ ކަމަށްވެސް ވެދާނެއެވެ.

ހަ އަހަރު ރައްޓެހިވެގެން އުޅުމަށްފަހު 2018 ވަނަ އަހަރު އިޓަލީގެ ލޭކް ކޮމޯގައި ކައިވެނިކުރި ރަންވީރާއި ދީޕިކާއަށް އަންނަ ސެޕްޓެމްބަރު މަހު އަލަތު ދަރިފުޅު ލިބޭނެއެވެ.

ރަންވީރު އާއި ދީޕިކާ ޕަދުކޯންއަކީ ބޮލީވުޑްގެ ހަގީގީ ޖޯޑުތަކުގެ ތެރެއިން ގިނަ ބަޔަކު ލޯބިކުރާ ޖޯޑެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *