Ads by
ޚަބަރު
މޯލްޑިވިއަނުން އޭޓީއާރް މަރުކާގެ 4 ވަނަ ބޯޓު ރާއްޖެ ގެނެސްފި
ފޮޓޯ: މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަންއިން ގަނެފައިވާ އޭޓީއާރް މަރުކާގެ 4 ވަނަ ފްލައިޓް ރާއްޖެ ގެނެސްފިއެވެ.

Ads by Eki Online

މޯލްޑިވިއަންއިން ބުނީ، މިފްލައިޓް ރާއްޖެ ގެނެސްފައިވަނީ މިއަދު ކަމަށެވެ. އަދި ފްލައިޓް އޮޕަރޭޝަނަށް ނެރޭނެ ކަމަށާއި، އެ ބޯޓު ރާއްޖެ ގެނައުމުގެ ކުރިން ފްރާންސްގައި ޓެސްޓް ފްލައިޓްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.

ފްލައިޓް ރާއްޖެ ގެނެސް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިބްރާހިމް އިޔާސް ވިދާޅުވީ، އޭޓީއާރްގެ ސަބަބުން އެ ކުންފުނިން ދެމުންދާ ހިދުމަތްތަކަށް ބޮޑެތި ފަސޭހަތަކެއް އަންނާނެ ކަމަށެވެ. އަދި މި ފްލައިޓްތަކަކީ ފަސިންޖަރުންނަށް އަރާމު، އަޑު މަޑު ފްލައިޓްތަކެއްކަން އިޔާސް ފާހަގަކުރެއްވިއެވެ.

މިހާރު އާޓީއާރް މަރުކާގެ ތިން ބޯޓު ބޭނުން ކުރަމުންދާއިރު، ތިން ވަނަ ބޯޓު ރާއްޖެ ގެނެސްފައި ވަނީ މިދިޔަ އަހަރު އޭޕްރިލް މަސް ތެރޭގައެވެ. މޯލްޑިވިއަން އިން ވަނީ އޭޓީއާރް-42-600ގެ އިތުރު ދެ ފްލައިޓް ރާއްޖެ ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *