Sunday, 26 July 2026
Ads by

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާތަނަށް 90 ކަނދުފަތި އަޅައިފި

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާތަނަށް 90 ކަނދުފަތި އަޅައިފި

އއ. މާޅޮހުގެ ހުޅަނގުން 4.5 މޭލު ބޭރުގައި ޤާއިމްކޮށްފައިވާ ވަދު ކަނދުފަތި--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާތަނަށް 90 ކަނދުފަތި އަޅާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މީގެ ކުރިން ވިދާޅުވެފައިވަނީ، އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރަށް މި ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި އަޅާފައިވާ ކަމަށެވެ. އެގޮތުން، މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 90 ކަނދުފަތި އަޅާފައިވާ ކަމަށާއި، އެއީ 42 ދޮށީ ކަނދުފައްޗާއި 48 ވަދު ކަނދުފަތި ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވައިފައެވެ.

އާންމު ގޮތެއްގައި ދޮށީ ކަނދުފަތިތަކަކީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅާފައިވާ ކަނދުފަތިތަކެކެވެ. މީގެ އިތުރުން ވަދު ކަނދުފަތިތަކަކީ ފަރުމަސްވެރި ކަމަށާއި ސްޕޯޓްސް ފިޝިންގ ފަދަ ކަންކަމަށް ޚާއްޞަކޮށްގެން އަޅާފައިވާ ކަނދުފަތިތަކެކެވެ.

ކަނދުފައްޗަށް ބޮޑު ޑިމާންޑެއް އޮތް ނަމަވެސް ރާއްޖޭގައި މި ވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގައި ހުންނަ ކަނދުފަތި ޤާއިމްކުރާ ސެންޓަރެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތިތައް އެޅުމަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި ކަނދުފަތި ޤާއިމްކުރާ ސެންޓަރުތައް ނެތުން ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި އެޅުމަށް އިތުރު ދެ ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން، ށ. ފުނަދޫގައި ތަރައްޤީކުރާ ކަނދުފަތި އަޅާ ސެންޓަރުގެ ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ މިނިސްޓްރީން ވަނީ އިތުރަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި