Ads by
ޚަބަރު
އެސްޓީއޯގެ ސްމާޓް ސްޓޯރު މިހާރު 24 ގަޑިިއިރު ހުޅުވާފައި ހުންނާނެ
ފޮޓޯ: މީސް މީޑިއާ

އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުން ކޮށްގެން އޮޕަރޭޓްކުރާ ގޮތަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭގައި ހެދި ސްމާޓް ސްޓޯރުން މިހާރު 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

Ads by Eki Online

ހުޅުމާލޭ ފޭސް އެކެއްގެ ފިހާރަބަރީގައި އެސްޓީއޯ ހުޅުމާލެ ފިހާރަ ކުރިން ހިންގި ތަނުގައި ހެދި ސްމާޓް ފިހާރަ ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

 

އެސްޓީއޯ އިން ބުނި ގޮތުގައި، ސްމާޓް ފިހާރާގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ހާސްބައި ކުޑަކޮށްލަދިނުމާ އެކު ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައްވެސް އެއްކޮށް ނައްތާލެވޭނެއެވެ. އެގޮތުން ފިހާރައިން ވިޔަފާރިކުރުން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް އަޅަައި ރަޖިސްޓްރީކޮށް ކަސްޓަމަރުގެ ބޭންކު ކާޑުގެ މައުލޫމާތު ހިމަނަންޖެހޭނެއެވެ. މި އެ އެޕްލިކޭޝަން މެދުވެރިކޮށް ފިހާރައިން ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ކޮށްލެވޭނެއެވެ.

އެސްޓީއޯގެ ސްމާޓް ސްޓޯރަކީ ރާއްޖޭގައި ހުޅުވި އެފަދަ ފުރަތަމަ އަދި ދެކުނު އޭޝިއާގައިވެސް ހުރި އެފަދަ އެންމެ ބޮޑު ފިހާރައެވެ. އެ ފިހާރަގައި ކޭޝިއަރެއްވެސް އަދި ސޭލްސްމަނެއްވެސް ނުހުންނާނެއެވެ. ވިޔަފާރި ކުރުމަށް ބޭނުންކުރާނީ އޭއައި ވިޝަން ޓެކްނޮލޮޖީއެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުންވެސް ބޭނުންކުރަމުން އަަންނަ ޓެކްނޮލޮޖީއެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *