Ads by
ޚަބަރު
ދެ ވަނަ ލެގުގައިވެސް ޕީއެސްޖީ ބަލިކޮށް ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ފައިނަލަށް
ރޭ ގެ މެޗުގައި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ... ފޮޓޯ: މީސް މީޑިއާ

ދެ ވަނަ ލެގުގައި ވެސް 1-0 އިން ޕީއެސްޖީ ބަލިކުރުމަށް ފަހު، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

Ads by Eki Online

މިދިޔަ ހަފްތާގައި، ޑޯޓްމަންޑް ދަނޑުގައި ވެސް އެ ޓީމުން ޕީއެސްޖީ ބަލިކުރީ 1-0 އިންނެވެ. ހަމަ އެ ނަތީޖާ އިން އަމިއްލަ ދަނޑުގައި ވެސް ޕީއެސްޖީ ބަލިވިއިރު، ދެ މެޗުގައި ވެސް އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މެޗަށްފަހު ޕީއެސްޖީގެ ފޯވަޑް، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވަނީ މެޗުން ބަލިވުމުގެ ޒިންމާ ނަގާފައެވެ. އޭނާ ބުނީ އަމިއްލަ ދަނޑުގައި ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ އެކަށީގެންވާ ވަރަށް އޭނާއަށް މަސައްކަތް ކުރެވުނު ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ޔާގަން ކްލޮޕްގެ ކޯޗުކަމުގެދަށުން 2013 ގެ ފައިނަލަށް ދަތުރު ކުރި ޑޯޓްމެންޑްގެ އެ ޓީމުގެ ދެ ކުޅުންތެރިން ފިޔަވައި މުޅި ޓީމު އޮތީ ބަދަލުވެފައެވެ. އެފަހަރުގެ ފައިނަލްގައި ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެ ބަލިވީ ބެޔާން އަތުންނެވެ.

މި ފަަހަރުގެ ފައިނަލުގައި، ޑޯޓްމަންޑް ކުޅޭނީ ބަޔާން ނޫނީ ރެއާލް މެޑްރިޑާއެވެ. ބަޔާން އާއި ރެއާލް، ކުޅުނު ފުރަތަމަ ލެގު ނިމުނީ އެއްވަރުވެގެންނެވެ. ދެ ވަނަ ލެގުގެ މެޗް މިރޭ ކުޅޭނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *