Sunday, 26 July 2026
Ads by

އަނިޔާވެރި ޔަހޫދީން އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ ވެރިޔާ ލަރިޖާނީ ޝަހީދުކޮށްލައިފި

އަނިޔާވެރި ޔަހޫދީން އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ ވެރިޔާ ލަރިޖާނީ ޝަހީދުކޮށްލައިފި

ހައްދުފަހަނާއެޅި ޔަހޫދީން ދިން ނިރުބަވެރި ޙަމަލާއެއްގައި އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ ވެރިޔާ، ޢަލީ ލަރިޖާނީ ޝަހީދު ކޮށްލައިފިއެވެ. އީރާނުގެ އަސްކަރިއްޔާއިން މިހާރު ވަނީ ލަރިޖާނީ ޝަހީދުވިކަން ކަށަވަރުކޮށްދީފައެވެ.

Ad Image
Ads by

ލަރިޖާނީ އަކީ ޚާމަނާއީ އަވަހާރަވި ފަހުން ޝަހީދުކޮށްލާފައިވާ އީރާނުގެ ސަރުކާރުގެ އެންމެ އިސް މެންބަރެވެ. އަނިޔާވެރި ޔަހޫދީންނާ އެމެރިކާއިން ގުޅިގެން އީރާނަށް ދޭން ފަށާފައިވާ ޙަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީއާއި އޭނާގެ ޢާއިލާއަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ލަރިޖާނީއަކީ އެތައް އަހަރެއް ވަންދެން އީރާނުގެ މުހިއްމު ސިޔާސީ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ މަޤާމު ވެސް އަދާކުރައްވާފައެވެ. މީގެ ކުރިން ހުޅަނގާއެކު ކޮށްފައިވާ ނިއުކްލިޔަރ މަޝްރޫޢުތަކުގައި ވެސް އޭނާ އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންފައިވެއެވެ.

ޖޫން 3، 1958 ގައި އިރާޤުގެ ނަޖާފުގައި އަމޯލްގެ މުއްސަނދި އާއިލާއަކަށް އުފަން ލަރިޖާނީ ނިސްބަތްވެވަޑައިގަންނަވަނީ އީރާނުގެ ވަރަށް ނުފޫޒުގަދަ ދަރިފަސްކޮޅަކަށެވެ. އޭނާގެ ބައްޕާފުޅު މިރުޒާ ހާޝިމް އަމޯލީ އަކީ އީރާނުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ.

ލަރިޖާނީގެ ސިޔާސީ ޙަޔާތްޕުޅަށް ބަލާއިރު، 1979 ވަނަ އަހަރުގެ އީރާނުގެ އިންޤިލާބަށް ފަހު 1980 ގެ އަހަރުތަކުގެ ކުރީކޮޅު، އީރާނުގެ ސަޤާފަތާބެހޭ ވަޒީރުގެ މަޤާމު އަދާކުރެއްވުމަށްފަހު، 2008 އާއި 2020 އާ ދެމެދު އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ މަޤާމު ވިދިވިދިގެން ތިން ދައުރު އަދާކުރައްވައި، އެތެރޭގެ ސިޔާސަތާއި ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އިސް ދައުރެއް ލަރިޖާނީ އަދާކުރެއްވި އެވެ.

ލަރިޖާނީ 2005 ވަނަ އަހަރު ކޮންޒަވޭޓިވް ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ނަމަވެސް ފުރަތަމަ ބުރުން ނާކާމިޔާބުވެވަޑައިގެންނެވިއެވެ. ހަމަ އެ އަހަރު އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަޤާމާއި، އީރާނުގެ ޗީފް ނިއުކްލިޔަރ ނެގޯޝިއޭޓަރުގެ މަޤާމަށް އޭނާ އައްޔަން ކުރެއްވިއެވެ. އެ މަޤާމުތަކުން ލަރިޖާނީ އިސްތިޢުފާ ދެއްވީ 2007 ވަނަ އަހަރު، އޭރުގެ ރައީސް މަޙްމޫދު އަޙްމަދީނެޖާދުގެ ނިއުކްލިޔަރ ސިޔާސަތުތަކާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރޭގައެވެ.

2020 ވަނަ އަހަރު މަޖިލީހުގެ ރައީސް އަދި މަޖިލިސް މެމްބަރުކަމުން ވަކިވެވަޑައިގަތުމަށް ފަހު ލަރިޖާނީ ވަނީ 2021 ވަނަ އަހަރުގެ އިންތިޚާބުގައި ދެވަނަ ފަހަރަށް ރައީސް ކަމަށް ވާދަކުރައްވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް، އެ ފަހަރު އީރާނުގެ ބާރުގަދަ ބެެލެނިވެރި ކައުންސިލުން ވަނީ އޭނާގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފައެވެ. އޭގެފަހުން، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ކުރެއްވި މަސައްކަތް ނާކާމިޔާބުވީ، އަނެއްކާ ވެސް ކެންޑިޑެސީ ބަލައިނުގަތުމުންނެވެ.

ނަމަވެސް، އޭނާ އެނބުރި ނުފޫޒުގަދަ މަޤާމަކަށް ވަޑައިގަތީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހު، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަޤާމަށް ރައީސް މަސޫދު ޕެޒްޝްކީއަން އަލުން ޢައްޔަން ކުރެއްވުމުންނެވެ. އެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަރިޖާނީގެ ޤަބޫލުކުރެއްވުންތައް ވަނީ ހަރުކަށިވެފަ އެވެ. 2025 ވަނައަހަރުގެ އޮކްޓޯބަރު މަހު ލަރިޖާނީ ވަނީ އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) އާ އެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުން ބާޠިލްކޮށް، އެ އެޖެންސީގެ ރިޕޯޓްތަކުގެ ބޭނުމެއް މިހާރު ނެތް ކަމަށް އިޢުލާނުކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި