Ads by
ޚަބަރު
ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތު ކުރުމަށް 6 މިލިއަން ރުފިޔާ ބޭނުންވާނެ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކިންގް ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތު ކުރުމަށް 6 މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި އެ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ, އެ މިސްކިތުގެ އޭސީއަށް ދިމާވެފައިވާ މައްސަލައިގެ ޝަކުވާ ވަރަށް ބޮޑު ކަމަށެވެ.

ޝަހީމް ވިދާޅުވީ, އޭސީތައް ހަލާކުވެފައި ހުރީ އޭސީ ނިޒާމުގެ މެއިންޓެނެންސް މަސައްކަތް އެކަށީގެންވާ މިންވަރަށް ނުކުރެވި ހުރުމުގެ ސަބަބުން ކަމަށާއި މައްސަލަ ހައްލު ނުކުރެވި މިހާރު ވެސް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

އެ މަސައްކަތަށް 6 މިލިއަން ރުފިޔާ ބޭނުންވާ ކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ, އެ ފައިސާ ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށާއި އެކަންކަން ހަމަޖެހިއްޖެ ނަމަ ވަރަށް އަވަހަށް މައްސަލަތައް ހައްލު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތް ބޭނުންކުރަން ފެށިތާ 3 އަހަރު ވެގެން ދިޔަސް އެ މިސްކިތް ރަސްމީކޮށް އަދި ނުހުޅުވަ އެވެ. އެހެންވުމާއިއެކު، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އީދު ފަހުން ސައުދީގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެން އެ މިސްކިތް ހުޅުވުމަށެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އާލް ސަޢުދުގެ އެހީއާއެކު ބިނާކުރެއްވި ސަލްމާން މިސްކިތުގައި ފަސް ފަންގިިލާ ހިމެނޭއިރު ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާގައި އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ލުޔޫނު2 މަސް ކުރިން

ތެތަނި ލަނީރަނުން ހަދާފަހުރި އޭސީ ދޯ

0
0