Ads by
ކުޅިވަރު
ޖޯސްކޯ ގްވާޑިއޯލް: މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފި

21 އަހަރުގެ ކްރޮއޭޝިއާގެ ޑިފެންޑަރު ޖޯސްކޯ ގްވާޑިއޯލް މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ.

Ads by Eki Online

ކްރޮއޭޝިއާގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ ޖޯސްކޯ ގްވާޑިއޯލްގެ ރޭސް މެންޗެސްޓަރ ސިޓީން ކާމިޔާބުކުރީ ޗެލްސީ، ލިވާޕޫލް އަދި ރިއާލް މެޑްރިޑް ވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

މިދިޔަ ހުކުރު ދުވަހު ގްވާޑިއޯލް މެޑިކަލް ހެދުމަށްފަހު މިހާރު ވަނީ އިނގިރޭސި އަދި ޔޫރަޕްގެ ޗެމްޕިއަން ސިޓީއަށް 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 77 މިލިއަން ޕައުންޑަށް ސޮއިކޮށްފައެވެ. މިއާއެކު ޖޯސްކޯ ގްވާޑިއޯލް ހިމެނިފައިވަނީ ޑިފެންޑަރުންގެ ރިކޯޑް ފީ ލިސްޓްގެ ދެވަނައިގައެވެ.

ޖޯސްކޯ ގްވާޑިއޯލް ވަނީ ކްރޭޝިއާގެ ގައުމީ ޓީމަށް މިހާތަނަށް 21 މެޗް ކުޅެދީފައެވެ. އަދި އެންމެ ފަހުގެ ވޯޑްކަޕްގައި މޮޅު ކުޅުމެއް ކުޅެ ކްރޭޝިއާ ޓީމް ސެމީ ފައިނަލްއަށް ގެންދިއުމުގައި ބޮޑު ރޯލްއެއް އަަދާކޮށްދީފައިވެއެެވެ.

ޖޯސްކޯ ގްވާޑިއޯލަކީ މި ޓްރާންސްފާރ މޫސުމުގައި މެންޗެސްޓަރ ސިޓީއަށް ގެނައި ދެވަނަ ކުޅުންތެރިޔާއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *