Sunday, 26 July 2026
Ads by

ހުރްމުޒް ކަނޑުއޮޅި ހުޅުވަން ޤައުމުތަކުން އެހީ ނުވާތީ ޓްރަމްޕުގެ ރުޅިގަނޑު ފަޅައިގެންގޮސްފި

ހުރްމުޒް ކަނޑުއޮޅި ހުޅުވަން ޤައުމުތަކުން އެހީ ނުވާތީ ޓްރަމްޕުގެ ރުޅިގަނޑު ފަޅައިގެންގޮސްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް---

ޔަހޫދީ ދަޢުލަތާއި އެމެރިކާ އިސްވެ އީރާނަށް އަމާޒުކޮށްދިން ނިރުބަވެރި ހަމަލާތަކާ ގުޅިގެން، އީރާނުން ހުރުމްޒް ކަނޑުއޮޅި ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، ކަނޑުއޮޅި އަލުން ހުޅުވުމަށް އެކުވެރި ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭން ދެކޮޅުހަދާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުޅިގަނޑު ފަޅައިގެން ގޮސްފިއެވެ.

Ad Image
Ads by

ހުރުމުޒް ކަނޑުއޮޅި ހުޅުވުމުގައި އެކުވެރި ޤައުމުތަކުގެ އެހީތެރިކަން ފޯރުކޮށްނުދޭ ކަމަށް ބުނެ ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަދައްކާފައިވާއިރު މީގެ ދެ ދުވަހެއް ކުރިން އޭނާ ވަނީ، ހުރުމުޒް ކަނޑުއޮޅިއަށް ހަނގުރާމަމަތީ އުޅަނދު ފޮނުވާނެ ކަމަށާއި، އެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުން ގެއްލުން ލިބުނު ޤައުމުތަކުން، އެމެރިކާއާ ގުޅިގެން ހަނގުރާމަމަތީ އުޅަނދުތައް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެ އޭނާގެ ޓުރޫތް ސޯޝަލްގައި ޕޯސްޓެއްވެސް ޙިއްޞާކޮށްފައެވެ.

އޭގެ ތެރޭގައި ޗައިނާ، ފަރަންސޭސި ވިލާތް، ޖަޕާން، ދެކުނު ކޮރެއާގެ އިތުރުން އިނގިރޭސި ވިލާތް ހިމެނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. މިފަދަ މޭރުމަކުން އޭނާ ވާހަކަދައްކާފައިވީ ނަމަވެސް ޗައިނާއިން އެމެރިކާއާ ގުޅިގެން އީރާނަށް ހަމަލާދޭނެ ކަމަކަށް ނުބެލެވެއެވެ. މީގެ އިތުރުން ޖަޕާނުންވެސް ވަނީ މެދުއިރުމަތީގައި ޔަހޫދީންނާއި އެމެރިކާއިން ހިންގާ ޖަރީމާތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެފައެވެ.

ޓްރަމްޕް ބުނެފައިވާ ގޮތުގައި ”ވަރަށް ގިނަ ޤައުމުތަކުން“ ވަނީ މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ބައެއް ޤައުމުތަކުން މިހާރުވެސް މިކަމުގައި މަސައްކަތް ފަށާފައިވާ ކަމަށާއި، ސަބަބަކީ އެ ޤައުމުތަކަކީ އެމެރިކާއިން ގިނަ އަހަރުތަކެއް ވަންދެން އެހީތެރިކަން ފޯރުކޮށްދީފައިވާ ޤައުމުތަކެއް ކަމުގައިވާތީ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އަނެއްބައި ޤައުމުތަކުން މިވަރުގެ ކުޑަކުޑަ ކަމެއްގައި އެމެރިކާއަށް އެހީތެރިކަން ފޯރުނުކޮށްދޭން ދެކޮޅުހަދާ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

ޔަހޫދީ ދަޢުލަތާއި އެމެރިކާ އިސްވެ އީރާނާ ދެކޮޅަށް ދިން ނިރުބަވެރި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައަށް 15 ދުވަސް ވެފައިވާއިރު، އީރާނުން މިވަނީ ދުނިޔޭގެ ގޭހާއި ތެލުގެ ފަސް ބައިކުޅަ އެއްބައި އުފުލާ ކަނޑުގެ ސަރަޙައްދު ކަމަށްވާ ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ތެލުގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ވަނީ އަތް ނުފޯރާ ފަށަށް އުފުލިފައެވެ.

ހުސްވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށުނު މި ހަނގުރާމައާ ގުޅިގެން އީރާނުން މިހާތަނަށް 1،400 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މި ހަނގުރާމައިގައި އީރާނުންދޭ ހަމަލާތަކުގައި މަރުވަމުންދާ ޔަހޫދީންގެ އަދަދު އެބައިމީހުން ގެންދަނީ ސިއްރުކުރަމުންނެވެ. އެގޮތުން އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ޚަބަރު ފަތުރަމުންނެވެ. ނަމަވެސް ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކުން މިކަން ޔަޤީންކޮށްދީފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި