Wednesday, 9 September 2026
Ads by

އީރާނުގެ ރައްދު ހަމަލާތަކުން ސިހިއްޖެ : ޓްރަމްޕް

އީރާނުގެ ރައްދު ހަމަލާތަކުން ސިހިއްޖެ : ޓްރަމްޕް

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގަ އީރާނުގެ ދިފާޢީ ހަމަލާތަކަކީ ކުއްލި ”ސިހުމެއް“ ކަމުގައި ޓްރަމްޕް ބުނެފިއެވެ. އެހެން ނަމަވެސް މިއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަން އެމެރިކާގެ ޖާސޫސީ ރިޕޯޓުތަކުން ވަނީ ސާފުވެފައެވެ.

Ad Image
Ads by

އެމެރިކާގެ ޖާސޫސީ އިދާރާގެ މަޞްދަރުތަކުން ބުނީ، އީރާނަށް ހަމަލާދީފި ނަަމަ، ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް، ބަޙްރަޔިން އަދި ކުވަޔިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށް ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރު ކުރިން ވެސް އިރާނުގެ އަސްކަރިއްޔާއިން ޓްރަމްޕަށް ދީފައިވާނެ ކަމުގައެވެ. ނަމަވެސް، ވައިޓް ހައުސްގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެ ކަމަށް އުންމީދުނުކުރާ ކަމަށެވެ.

”އެ ޤައުމުތަކަށް ހަމަލާދޭނެ ކަމަށް އެއްވެސް މީހަކު އުންމީދެއް ނުކުރޭ، އަހަރެމެން ތިބީ ސިހުމެއްގައި، އެންމެ މޮޅު ތަޖުރިބާކާރުންނަށް ވެސް [އީރާނުން އަމަލުކުރާނެ ގޮތް] އެނގިފައެއް ނެތް“ ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕް މިހެން ބުނި ނަމަވެސް ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ އިންޒާރު ވެސް މީގެ ކުރިން އިރާނުން އޮތީ ދީފައެވެ. އެހެން ކަމުން ޓްރަމްޕްގެ މި ވާހަކަ ތަކަކީޖާސޫސީ އިންޒާރުތަކާ ޚިލާފު އިތުރުފުޅެކެވެ.

ހިނގަމުންދާ ހަނގުރާމައިގަ އީރާނުގެ ރައްދު ހަމަލާތަކުގައި ޔަހޫދީންނާއި އެމެރިކާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އީރާނުގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 15 ޔަހޫދީން މަރުވެ، 3,369 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި، ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ. އެމެރިކާ ސިފައިންގެ ތެރެއިން 13 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، ކުވަޔިތުގައި ހުރި ސިފައިންގެ މީހަކު ވަނީ ޞިއްޙީ ޙާލަތެއްގެ ސަބަބުން މަރުވެފައެވެ. މީގެ އިތުރުން، މާރިޗު 13 ވަނަ ދުވަހު ޢިރާޤުގެ ހުޅަނގު ސަރަޙައްދަކަށް އެމެރިކާގެ އަސްކަރިއްޔާގެ ތެޔޮ އަޅައިދޭ މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި ހަ ފަޅުވެރިން ވަނީ މަރުވެފައެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް ވަނީ އައިސްފައެވެ. މިކަމާ އީރާނުން ވަނީ މިއީ އެ ޤައުމުގެ އިސްވެރިންނާއި ޢާންމު ރައްޔިތުން ޝަހީދުކުރުމަށް ޔަހޫދީންނާއި އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ދޭންޖެހޭ ދިފާޢީ ރައްދެއް ގޮތުގައި ސިފަކުރައްވާފައެވެ.

 

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި