Sunday, 26 July 2026
Ads by

މީދޫގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ ބިންގާ އަޅައިފި

މީދޫގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ ބިންގާ އަޅައިފި

މީދޫގައި ތަރައްޤީކުރާ ހޮސްޕޓަލުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އާރްޑީސީ

ރ. މީދޫގައި ތަރައްޤީކުރާ ހޮސްޕިޓަލް ބިންގާ އިއްޔެ އަޅައިފިއެވެ.

Ad Image
Ads by

މީދޫގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ މަސައްކަތް ހެލްތް މިނިސްޓްރީން ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ.

މިކަމާ ގުޅިގެން މީދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، މި ހޮސްޕިޓަލު ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނަޒީމާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރެވެ.

މީދޫގައި ޒަމާނީ ފެންވަރުގެ ރަނގަޅު ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން އާރްޑީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން އެ ރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް ތަރައްޤީކޮށް ނިމޭއިރު ހޮސްޕިޓަލުގައި ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ހުންނާނެއެވެ. އެގޮތުން ބަލިމީހުން ބަލާ ކޮޓަރިތަކާއި، އޮޕަރޭޝަން ތިއޭޓަރާއި، ލޭބަރ ރޫމް ފަދަ މުހިންމު ޚިދުމަތްތައް ހިމެނެއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި