Ads by
ހޮލީވުޑް / ބޮލީވުޑް
އަދިތިޔާ އާއި އަނަންޔާ ރުޅިވެއްޖެ

2 އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ބޮލީވުޑްގެ ޒުވާން ދެތަރިން ކަމަށްވާ އަދިތިޔާ ރޯއީ ކަޕޫރާއި އަނަންޔާ ޕާންޑޭ ރުޅިވެއްޖެއެވެ.

Ads by Eki Online

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި 2 އަހަރެއްހާ ދުވަހު އެކުގައި އުޅުމަށްފަހު ވަކިވެ އެ 2 މީހުންވެސް އެމީހުންގެ އަމިއްލަ ދިރިއުޅުމުގައި ކުރިއަށް ދާން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަދިތިޔާއާއި އަނަންޔާ ވަކިވުމަކީ އެންމެންނަށް ވެސް ލިބުނު ކުއްލި ސިހުމެކެވެ. އެ ދެމީހުން ވެސް އެކަކު އަނެކަކާ ރައްޓެހި ކަމުގެ ގުޅުން ބާއްވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

މި ދެތަރިން ރުޅިވިކަމުގެ އަޑުތައް މި އެރީ މި ދެ މީހުން ކައިވެނިކުރަން އުޅޭކަމުގެ ހަބަރުތައްވެސް ފެތިރިފައިވަނިކޮށެވެ. އަދި އެންގޭޖްވުން ވަރަށް އަވަހަށްް އޮންނާނެކަމަށް ބުނެ ވާހަކަވެސް ދެކެވެމުން ދަނިކޮށެވެ. މީގެއިތުރުން އަނަންނިޔާގެ އާއިލާއާއި އެކު ދާދި ފަހުން އަދިތިޔާ ޗުއްޓީ ހޭދަކޮށް އޭގެ ފޮޓޯތައްވެސް އާއްމުވެފައި ވަނިކޮށެވެ.

މިދިޔަ އަހަރު ރިލީޒްކުރި ފިލްމު “ހޯ ގަޔޭ ހަމް ކަހާ” އަށް ފަހު ވެސް އަނަންޔާ އަދި އަދިތިޔާ ވަނީ ދެމީހުން އެކުގައި ޗުއްޓީއަށް ޔޫރަޕް ޓުއާއަކަށް ވެސް ގޮސްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *