Ads by
ޚަބަރު
އެމްއޭސީއެލް އެމްޑީގެ ކާރު ވަގަށް ގެންދިޔަ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި
ފޮޓޯ: މީސް މީޑިއާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ވަގަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Eki Online

ފުލުހުން ބުނެފައިވަނީ އެމްއޭސީއެލްގެ އުޅަނދެއް ގެއްލިފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރު ގެއްލިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީ ހުއްދައަކާ އެކު ނޫން ގޮތަކަށް ނުވަދެވޭ ސަރަހައްދެއްގައި އޮއްވައެވެ. މިކަން ހިނގި ފަހުން ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ.

އެއާޕޯޓުން ތަކެތި ގެއްލޭ މައްސަލަ މީގެ ކުރިން ވެސް ވަނީ ސަމާލު ކަމަށް އައިސްފައެވެ. މިދިޔަ އަހަރު ފުލުހުން ބުނެފައި ވަނީ އެއާޕޯޓުގެ މުހިންމު ބައެއް ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ވެސް ނުހުންނަކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *