Ads by
ޚަބަރު
7 ވަޒީރަކު މި މަހު ބޭރަށް ވަޑައިގަންނަވަނީ

މި މަހު ތެރޭގައި ސަރުކާރުގެ 7 ވަޒީރަކު ރަސްމީ ދަތުރުފުޅުގައި އެކި ގައުމުތަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް އޮފީހުން އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ، މި މަހު ތެރޭގައި 7 މިނިސްޓަރަކު ބޭރު ގައުމުތަކަށް ވަޑައިގަންނަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ބޭރު ގައުމުތަކަށް ވަޑައިގަންނަން ހަމަޖެހިފައިވަނީ

  • އަރަބް ޓްރެވަލް މާކެޓް އޭޓީއެމް 2024 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، މިހާރު ދަތުރު ކުރައްވަމުން ގެންދަވާ ކަމަށެވެ.
  • ލަންޑަންއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ކަމަށެވެ.
  • ސައީދު ވަޑައިގަންނަވަނީ ފައިނޭންޝިއަލް ސާވިސްގެ ރައުންޑް ޓޭބަލް ބައްދަލުވުންތަކުގައި ބައިވެރިވަޑައިގަތުމަށެވެ.
  • ޝަފީއު ވަޑައިގަންނަވަނީ ކޮމަންވެލްތް އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުމާއި 20 ވަނަ ވޯލްޑް އެޑިއުކޭޝަން ފޯރަމްގައިވެސް ބައިވެރިވެޑައިގަތުމަށެވެ.
  • ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ގަތަރަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.
  • 19 ވަނަ އޭޝިއާ އޯޝޭނިއާ ރީޖަން އިންޓަގަވަމެންޓަލް މިނިސްޓްރީއާ މީޓިން އޮން ސްޕޯޓްސްގައި ބައިވެރިވެވަޑައިގަތުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އުޒްބިކިސްތާނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
  • އިންފޯ ފިޝް ވޯލްޑް ޓްރޭޑް ކޮންފަރެސްން އެންޑް އެގްޒްހިބިޝަންގައި ބައިވެރިވުމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ތައިލެންޑްްގެ ބެންކޮކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ.
  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުތަކާއިގުޅޭ އިތުރު މައުލުމާތު ހިއްސާކޮށްފައެއް ނުވެއެވެ. ހީނާ ވިދާޅުވީ، އެ ދަތުރުތަކުގެ ތަފްސީލްތައް މިނިސްޓްރީތައް މެދުވެރިކޮށް، ނޫސްވެރިންނަށް ލިބޭނެ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *