Ads by
ޚަބަރު
ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑް ބޮޑު ތަފާތަކުން ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ކައިރިން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

Ads by Eki Online

ރޭ ޔުނައިޓެޑް، ކްރިސްޓަލް ޕެލަސް އަތުން ބަލިވީ 0-4 ލަނޑުގެ ތަފާތަކުންނެވެ. ރޭގެ މެޗުގައި ކޮންމެ ހާފެއްގައި ޕެލަސްއިން 2 ލަނޑު ޖެހިއެވެ.

ރޭގެ ބައްޔާއެކު ޔުނައިޓެޑުން ޔޫރަޕްގެ ޖާގައަކަށް ކުރަމުންދާ އުންމީދަށްވަނީ ފަނޑުކަމެއް އައިސްފައެވެ. އެޓީމު މިވަގުތު 8 ވަނައިގައި އޮތީ 35 މެޗުން 54 ޕޮއިންޓާއެކުގައެވެ. އެއީ 7 ވަނައަށް ޖެހިލި ޗެލްސީއަށްވެސް ލިބިފައިވާ ޕޮއިންޓްގެ އަދަދެވެ. 35 މެޗުން 54 ޕޮއިންޓް ޗެލްސީއަށް ލިބިފައިވާ އިރު، އެޓީމުން ޔުނައިޓެޑަށްވުރެ ކުރީގައި އޮތީ ފައިދާ 14 ގޯލުގެ ތަފާތުންނެވެ.

ޔުނައިޓެޑް ކޮޅަށް ސީޒަނުގައި މިހާތަނަށް 81 ގޯލު ވަދެފައިވާއިރު، މިއީ 1977 ވަނަ އަހަރުގެ ފަހުން އެ ޓީމުގެ އެންމެ ދަށް ޑިފެންސިވް ރެކޯޑެވެ. މި ސީޒަނުގައި މިހާތަނަށް ލީގުގައި 13 މެޗުން ބަލިވެފައިވާއިރު، މިއީ ޕްރިމިއާ ލީގުގައި އެ ޓީމު އެންމެ ގިނަ މެޗުން ބަލިިވި ސީޒަނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *