Ads by
ޚަބަރު
ރިކޯލް ވޯޓު ނެގޭގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި

ރައްޔިތުންގެ ވޯޓުން މަޖިލީހުގެ މެންބަރުން ވަކިކުރުމަށް ރިކޯލް ވޯޓު ނެގުމަށް ޤާނޫނުއަސާސީ އިސްލާޙު ކުރަން ޑިމޮކްރެޓުން ހުށައެޅި އިސްލާޙް އަނބުރާ ގެންގޮސްފިއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ގިނަ ހާލަތްތަކެއް ބަޔާންކޮށް މަޖިލީހުގެ ގާނޫނަށް އިސްލާހު ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މަޖްލިސް މެންބަރު ހަސަން ލަތީފްއެވެ. އެ މެންބަރު މި ބިލު އަނބުރާ ގެންގޮސްފައިވާކަން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ވަނީ އިއުލާނުކުރައްވައިފައެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ހުށަހެޅި ބިލުގައި ބުނާ ގޮތުން ދާއިރާގެ ރައްޔިތުން މެންބަރާ މެދު ނުރުހިއްޖެ ހާލަތެއްގައި ރައްޔިތުންގެ އާންމު ވޯޓަކުން މެންބަރު މަގާމުން ވަކިކުރަން ނިންމައިފި ނަމަ ވަކިވާނެއެވެ.

އެ ބިލުގައި މެންބަރުކަމުން ވަކިވާނެ އެހެން ހާލަތްތައް ވެސް ބަޔާންކޮށްފައި ވެއެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެފައިވާ މީހަކު، އަމިއްލަ އިސްނެގުމުން ޕާޓީއިން ވަކިވެއްޖެ ނުވަތަ، ޕާޓީ ބަދަލުކޮށްފި ހާލަތުގައި މެންބަރުކަމުން ވަކިވާނެއެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގައި ނެތި އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރަކު ޕާޓީއަކާ ގުޅިއްޖެ ނަމަވެސް މެންބަރުކަމުން ވަކިވާނެ ކަަމަށް ބިލުގައި ބުނެއެވެ.

ރިކޯލް ވޯޓު ނެގޭނެގޮތް ޤާނޫނުއަސާސީގައި ހިމެނުމަށް ޑިމޮކްރެޓުން ހުށައެޅި އިސްލާޙް އަނބުރާ ގެންގޮސްފައި ވާއިރު ޕާޓީ ބަދަލު ކުރުމުން އިންތިޚާބީ މަޤާމުތައް ގެއްލޭ “އެންޓި-ޑިފެކްޝަން ބިލު” މަޖިލީހުގެ މެންބަރުންނާއި، ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް ތަންފީޒު ކުރެވޭ ގޮތަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *