Wednesday, 9 September 2026
Ads by

އިދިކޮޅު އެމްޑީޕީން މީޑިއާގެ މިނިވަންކަމަށް އަރައިގަނެ، ޕީއެސްއެމްތެރެއަށް ވަދެ ބިރުދައްކައިފި

އިދިކޮޅު އެމްޑީޕީން މީޑިއާގެ މިނިވަންކަމަށް އަރައިގަނެ، ޕީއެސްއެމްތެރެއަށް ވަދެ ބިރުދައްކައިފި

މީޑިއާތަކުގެ މިނިވަން ކަމާއި، ދުލާއި ގަލަމުގެ މިނިވަން ކަމާއި، ބަސް ބުނުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތުކުރާ އިދިކޮޅު އެމްޑީޕީން މީޑިއާގެ މިނިވަންކަމަށް އަރައިގަނެ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ތެރެއަށް ވަދެ ތަނުގެ މުވައްޒަފުންނަށް ބިރުދައްކައިފިއެވެ.

Ad Image
Ads by

އެމްޑީޕީން މި ނާތަހުޒީބު ޢަމަލު ހިންގާފައިވަނީ އެޕާޓީން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރެއްވުމަށް އެދި ފޮނުވި ސިޓީއަށް ޕީއެސްއެމުން ޖަވަބުދީފައި ވަނިކޮށެވެ. އެ ސިޓީގެ ޖަވާބުގައި ޕީއެސްއެމްއިން ބުނެފައިވަނީ، މިވަގުތު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ރާއްޖޭގައި ނޫޅުއްވާ ކަމަށާއި، އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅު ކަމަށެވެ. އެހެންކަމުން އެމްޑީ ރާއްޖެ ވަޑައިގަތުމުން ބައްދަލުކުރެއްވުމަށް އަލުން އެދުމަށެވެ.

މިފަދައިން ޖަވާބު ދެއްވާފައި ވަނިކޮށް އެމްޑީޕީން މި ހިންގި ނާތަހުޒީބު އަމަލު ޕީއެސްއެމުން ވަނީ ކުށްވެރިކޮށްފައެވެ. ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ ސިޓީއަށް ޖަވާބުދާރީވެފައި ވަނިކޮށް މިނިވަން ދަޢުލަތުގެ މީޑިއާގެ މުވައްޒަފުންގެ ހިތުގައި ބިރުވެރިކަން އުފައްދާ، މީޑިއާ ހިންގުމަށް ހުރަސްއަޅާ އެމްޑީޕީން ކުރިއަށް ގެންދާ ކަންކަން ހުއްޓާލުމަށް ގޮވާލާކަމަށެވެ. އަދި ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ޙަޤީޤަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޑީޕީން ވަނީ ޕީއެސްއެމް ތެރެއަށް ވަދެ ހަޑި ހުތުރު ބަހުން މުޢާމަލާތުކޮށް އަދުގަދަކޮށްފައެވެ. އަދި ފުލުހުންނާވެސް ކުރިމަތިލުން ހިންގަން މަސައްކަތްކޮށްފައިވާ މަންޒަރުތައް ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. ޕީއެސްއެމް ތެރެއަށް ވަތް ގުރޫޕުގެ ތެރޭގައި މާލޭގައި ނުރައްކާތެރި މާރާމާރީ ހިންގާ ޖަލު ޙުކުމް ތަންފީޒުކޮށްފައި ތިބި، އަދި ކުށޫގެ ވެށީގައި އުޅޭ ފަރާތްތަކާއި، ނުރައްކާތެރި ކުށުގެ ރެކޯޑު ހުރި ފަރާތްތައް ހިމެނެއެވެ.

ނުރައްކާތެރި ކުށުގެ ރެކޯޑު ހުރި ފަރާތްތައް މި މުޒާހަރާގައި ހިމެނޭ..

ކުރިއަށް އޮތް އިންތިޚާބުތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ކުންފުނިން ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ގުޅޭގޮތުން ޕީއެސްއެމްއިން ބުނެފައިވަނީ، އެ ޕްރޮގްރާމްތަކަކީ ރައްޔިތުންނަށް ފަންނީ އަދި އިޖުރާޢީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކުރާ ޕްރޮގްރާމްތަކަކަށްވާތީ މިވަގުތު ސިޔާސީ ޕާޓީތަކަށް ފުރުޞަތު ދިނުމުގެ ބަދަލުގައި އިސްކަންދެމުންދަނީ ކުރީގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާ ކާރު ބޭފުޅުން މެދުވެރިކޮށް މަޢުލޫމާތު ގެނެސްދިނުމަށް ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލް ކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުޞަތު ދީފާނުވާ ކަމަށް ޕީއެސްއެމްއިން ބުނެއެވެ.

މީގެ އިތުރުން ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ، ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ. އެ ސިޓީގައި ވަނީ، އެމްޑީޕީއިން ވެރިކަން ކުރެއްވި އިރުވެސް ޕީއެސްއެމް އޮތީ އެގޮތުގައި ކަމަށާއި، ކުންފުނީގެ މިނިވަންކަމާ ގުޅުވާ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ހަޤީޤަތާއި ޚިލާފަށް ވާހަކަތައް ނުފެތުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި