Sunday, 26 July 2026
Ads by

ނޯތު ހާބަރު ސަރަޙައްދު ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑެއް ނުކުރާނަން: އެމްޕީއެލް

ނޯތު ހާބަރު ސަރަޙައްދު ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑެއް ނުކުރާނަން: އެމްޕީއެލް

މާލޭ ނޯތު ހާބަރު ސަރަޙައްދު--- ފޮޓޯ: އެކި އެމްވީ

މާލޭ ނޯތު ހާބަރު ސަރަޙައްދު ބޭނުންކުރާ އޮޑި ދޯނި ފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް އެމްޕީއެލްއިން ދޮގުކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެމްޕީއެލްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލޭ ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށެވެ. މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޯތު ހާބަރުގެ ޚިދުމަތްތައް ފުޅާކޮށް ”އޭ ޒޯން“ ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓު ފޮރުކޮށްދިނުމަށް އަންގަވާފައިވާކަން ފާހަގަކުރަމުން އެ ކުންފުނިން ބުނެފައިވަނީ، އެ ޚިދުމަތްތައް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަމުންދާ ކަމަށް ބުނެފައެވެ.

އެމްޕީއެލްއިން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑި ދޯނި ފަހަރަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެ ސަރަޙައްދުގައި ބަނދަރުކޮށްފައި ހުންނަ އުޅަނދުތަކަށް ޖާގަ ދިނުމަށް ޢަމަލުކުރަމުންދާ އުޞޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

މި ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިޔުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރަށް ޚާއްޞަކުރެވިފައިވާ ޑީ ޒޯނާއި އީ ޒޯނުގެ އިތުރުން އެފް ޒޯނުން މިހާރުވެސް އެއްވެސް ފީއެއް ނުނަގައެވެ. މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫއަށްފަހު، އެ ޒޯންތައް ހުޅުވާލިއިރު އެ ކުންފުނިން ޢަމަލުކުރަމުންދިޔަ އުޞޫލަށް ގެނައި ހަމައެކަނި ބަދަލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައިނުވާ އެއްވެސް އުޅަނދަކަށް އެ ސަރަޙައްދު ބޭނުންނުކުރެވޭ ގޮތް ހެދުން ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

މާލޭ ނޯތު ހާބަރަކީ ގިނަ ރައްޔިތުންތަކެއްގެ މަޞްލަޙަތާ ގުޅިފައިވާ ތަނެއްކަމުން، އެއްވެސް ފަރާތަކުން ޢާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ދޮގު މަޢުލޫމާތު ނުފެތުރުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި