Ads by
ޚަބަރު
ކުރެވޭ ކުށުގެ ނާޖާއިޒު ފައިދާ ނަގައި ފަލީހަތްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއްނޫން: ރައީސް

މީހަކަށް ކުރެވޭ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި، ވީޑިއޯކޮށް ފަލީހަތްކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސްރައީސް މިހެން ވިދާޅުވީ ކުރީގެ ހޯމް މިނިސްޓަރު، އައްޝައިހް އިމްރާން އަބުދުﷲ ގެ ކާރާއި އާންމު މީހެއްގެ ޕިކަޕެއް އެކްސިޑެންޓުވި ސަރަހައްދުގައި ހުންނަވައި، ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައިގެ ތެރެއަށް އިންމު ވެދެވަޑައިގެން އާންމުންގެ މީހާ އަށް މާފުކޮށް ދިނުމަށް އިމްރާންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި މާފްކޮށް ނުދެއްވޭ ނަމަ، ކާރު ހަދަން ދާ ހަރަދު ދޭން ތައްޔާރަށް ހުންނެވި ކަމަށް އިންމު ވިދާޅުވިއެވެ.

އެ ވީޑިއޯގައި އިމްރާން އެއްވެސް އެއްޗެއް ވިދާޅުވާ ތަނެއް ނުފެނެއެވެ.

އެ ވީޑިއޯއާ ގުޅިގެން އާންމުންގެ ހިޔާލު ދެ ބައިވެފައި ވަނިކޮށް ރައީސް ޑރ. މުޢިއްޒު “އެކްސް” މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާއްމުންގެ ތެރޭގައި ފަލީހަތްކުރުމަކީ އަހުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަންކަމެއް ނޫން ކަމަށެވެ.

ކުށެއް ކޮށްފި ނަމަ އެ މީހަކާ މެދު އަމަލުކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމް ވެފައިވައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ. އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ

– ރައީސް މުޢިއްޒު

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *