Wednesday, 9 September 2026
Ads by

ބޮޑުތަކުރުފާނު މަގު މަޝްރޫޢު: ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާއި ހަމައަށް ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގު މަޝްރޫޢު: ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާއި ހަމައަށް ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދަނީ: ފޮޓޯ: އެމްޓީސީސީ

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާއި ހަމައަށް އެ މަގު ބަންދުކުރުމަށް ނިންމައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ބޮޑުތަކުުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި މަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ސަރަޙައްދު ބަންދުކުރުމަށް ނިންމާފައިވަނީ ވަކިވަކި ސެގްމަންޓްތަކަކަށް ބަހާލައިގެންނެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް އެ ސަރަޙައްދު ބަންދުކުރުމަށް ހަމަޖެހިފައިވާ ގޮތަކީ:

  • ހެންވޭރު ޓަރމިނަލުން ފެށިގެން، މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަޙައްދު: 21 މާރިޗުން ފެށިގެން މަސައްކަތް ނިންމައި ސަރަޙައްދު ހުޅުވެންދެން.
  • މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަންބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަޙައްދު: 30 މާރިޗުން ފެށިގެން މަސައްކަތް ނިންމައި ސަރަޙައްދު ހުޅުވެންދެން.
  • ފަސް ނަންބަރު ފާލަމުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަޙައްދު: 17 އޭޕްރީލުން ފެށިގެން މަސައްކަތް ނިންމައި ސަރަޙައްދު ހުޅުވެންދެން.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، މިއަދުން ފެށިގެން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް އާންމުކޮށް އެ މަގު ހުޅުވާލެވެންދެން، އެ ސަރަޙައްދުގެ ފަޅުގެ ސަރަޙައްދުގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި، ދާއިމީކޮށް އެއްވެސް އުޅަނދެއް އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމަށެވެ. ފަޅުގެ ސަރަޙައްދު ބަންދުކުރާއިރު، އެ ސަރަޙައްދުގައި ބަނދަރުކޮށްފައި ހުންނަ އުޅަނދުތަކަށް ވަކި ޚާއްޞަ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމެއް ސިޓީ ކައުންސިލުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރަން މި ސަރުކާރުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށެވެ. އެ ކުންފުންޏަށް މި މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ 144.5 މިލިއަން ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި