Ads by
ހޮލީވުޑް / ބޮލީވުޑް
މިފަހަރު “ޝައިތާން” އެރީ ނެޓްފްލިކްސް އަށް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ އާ ފިލްމު “ޝައިތާން” ނެޓްފްލިކްސްއިން ޕްރިމިއާކޮށްފިއެވެ.

Ads by Eki Online

މިފިލްމަކީ މިދިޔަ މާޗް މަހު ސިނަމާގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. މިހާރު މިފިލްމު ނެޓްފްލިކްސްއިން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަޖޭއާއި އެކު އާރު މަދަވަން އަދި ޖިޔޮތިކާ ލީޑު ރޯލު ކުޅޭ “ޝައިތާން”ގައި ދައްކަނީ އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ މީހަކު އާއިލާއެއް ގެއެއްގެ ތެރޭގައި ރަހީނުކޮށް ހިންގާ ރޫހާނީ ކަންތައްތަކެކެވެ. މި ފިލްމަކީ މިދިޔަ އަހަރު ނުކުތް އިންޑިއާގެ ގުޖުރާތުގެ ފިލްމެއް ކަމަށްވާ “ވަޝް”ގެ ހިންދީ ރީމޭކެވެ.

މި ފިލްމުގެ ޑައިރެކްޓަރު “ސުޕަ 30” އާއި “ކުއީން” ކަހަލަ ފިލްމުތައް ޑައިރެކްޓުކުރި ވިކާސް ބާލްއެވެ.

ޖިއޯ ސްޓޫޑިއޯސްއާއި އަޖޭ ދޭވްގަން ފިލްމްސް އަދި ޕެނެރޯމާ ސްޓޫޑިއޯ ގުޅިގެން އުފެއްދި މި ފިލްމަކީ 65 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ. އެހެންނަމަވެސް މިހާތަނަށް ފިލްމަށް 25 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ވަނީ ލިބިފައެވެ. ފިލްމު ޑިޖިޓަލް ޕްލެޓްފޯމަކަށް ވިއްކާލުމާ އެކު ފިލްމުގެ އާމްދަނީ މިއަށްވުރެ އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މި ފިލްމަށް ފަހު މިދިޔަ މަހު އަޖޭގެ ކުޅިވަރު ފިލްމު “މައިދާން” ވެސް ރިލީޒްކުރި އެވެ. އެހެން ނަމަވެސް “މައިދާން” މާބޮޑު ކާމިޔާބީއެއް ލިބިފައިނުވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *