Ads by
ހޮލީވުޑް / ބޮލީވުޑް
ލަކްސް ބްރޭންޑް އެމްބެސެޑަރަކަށް ސުހާނާ ޙާން

ލަކްސް ބްރޭންޑުގެ އެމްބަސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާންގެ އަންހެންދަރިފުޅު އަދި ބަތަލާ ސުހާނާ ހާން ހަމަޖައްސައިފިއެވެ.

Ads by Eki Online

ފިލްމު “އާޗީސް” އިން ބޮލީވުޑަށް ނުކުތް ސުހާނާ “ލަކްސް” ބްރޭންޑުގެ އެމްބެސަޑަރަށް ހަމަޖައްސާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ސުހާނާ އެމްބެސެޑަރަކަށް ހަމަޖައްސާފައިވާއިރު މިއަހަރު ލަކްސް ބްރޭންޑަށް 100 އަހަރު ފުރިގެންދާނެއެވެ.

1924 ވަނަ އަހަރު ތައާރަފްކުރި މި ބްރޭންޑަކީ މިހާރު ދުނިޔޭގެ 100+ ގައުމެއްގައި މަގުބޫލު ބްރޭންޑެކެވެ. މީގެ ކުރިން ހޮލީވުޑްގެ މަޝްހޫރު އެތަކެއް ފަންނާނުން ވަނީ މިބްރޭންޑްގެ އެމްބެސެޑަރުންގެ ގޮތުގައި ހަރަކާތެރިވެފައެވެ. އަދި ބޮލީވުޑްގައިވެސް ފާހަގަކޮށްލެވޭ މަޝްހޫރު ތަރިން ލަކްސް ބްރޭންޑުގެ އެމްބެސެޑަރުންނަށް ވަނީ ވެފައެވެ.

މީގެ ކުރިން ޝާހްރުކް ޚާން ވެސް ވަނީ އެތައް ފަހަރަކު އެ ބްރޭންޑުގެ އެމްބަސަޑަރަކަށް ހަމަޖައްސައިފައެވެ.

ސުހާނާ ދެން އެންމެ އަވަހަށް ފެންނާނީ އޭނާގެ ބައްޕައާ އެކު ކުޅޭ ފިލްމު “ކިންގް” އިންނެވެ. އެ ފިލްމުގެ މަސައްކަތްތައް މި މަހު ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހޮލީވުޑާއި ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުން ވަނީ ލަކްސް ބްރޭންޑުގެ އެކި އިޝްތިހާރުތަކުގައި މަސައްކަތް ކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *