Wednesday, 9 September 2026
Ads by

މާމިގިލީގައި ބޭއްވި ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުން 26 ޚަޠީބަކު ސަނަދު ޙާސިލްކޮށްފި

މާމިގިލީގައި ބޭއްވި ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުން 26 ޚަޠީބަކު ސަނަދު ޙާސިލްކޮށްފި

މާމިގިލީގައި ބޭއްވި ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުން ސަނަދު ޙާސިލުކުރި 26 ޚަޠީބުން--- ފޮޓޯ: މާމިގިލި ކައުންސިލް

އދ. މާމިގިލީގައި ބޭއްވި ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގުރާމުގައި 26 ޚަޠީބަކު ސަނަދު ޙާސިލްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ad Image
Ads by

މާމިގިލީގައި ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންގެ އިތުރުން، މާމިގިލީ ކައުންސިލްގެ ރައީސް އާއި އެހެނިހެން ބައެއް އިސްފަރާތްތައް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޚުތުބާ ކިޔުމަށާއި، އިމާމުވެ ނަމާދު ކުރުމަށާއި، ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތައް ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ ދީފައެވެ. މި ޕްރޮގްރާމުގެ ދަށުން ގްރޭޑް 10، 11 އަދި 12 ގައި ކިޔަވާ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ކުދިންނަށް ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދިނުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމަކީ ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށާއި ޒުވާނުންނަށް މި ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ އެއް ޕްރޮގުރާމެވެ.

މި ޕްރޮގްރާމުގެ ދަށުން އެތައް ޒުވާނުންނެއް ވަނީ ޚަޠީބުންގެ ގޮތުގައި ތަމްރީނުވެފައެވެ. މިކަމުގެ ސަބަބުން މި ސަރުކާރުވެގެން ގޮސްފައިވަނީ އެންމެ ގިނަ ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ސަރުކާރަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި