Ads by
ޚަބަރު
ރެއާލް މެޑްރިޑަށް 36 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން

ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އިން ބާސެލޯނާ 4-2 އިން  ބަލިކުރުމާއި އެކު، ކަޑިޒް އަތުން 3-0 އިން މޮޅުވި ރެއާލް މެޑްރިޑަށް ބާކީ ހަތަރު މެޗު އޮއްވައި، ލީގު ޗެމްޕިއަންކަން ޔަގީންވެއްޖެއެވެ.

Ads by Eki Online

ރެއާލަަށް 34 މެޗުން 87 ޕޮއިންޓް ލިބިފައިވާއިރު 2 ވަނައިގައި އޮތް ޖިރޯނާ އަށް ވަނީ 34 މެޗުން 74 ޕޮއިންޓް ލިބިފަ އެވެ. 3 ވަަނައިގައި އޮތް ބާސެލޯނާ އަށް 34 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ.

ރެއާލަށް 36 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ޔަގީންވީ، ބާކީ އޮތް މެޗުތަކުން މޮޅުވެގެން، ޖިރޯނާ އާއި ބާސެލޯނާ އަށް ރެއާލަށް ވުރެ ކުރިނުހޯދޭނެތީއެވެ.

ސީޒަނުގައި ފުރަތަމަ ފަހަރަށް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ކުޅުނު މެޗުގައި، އެ ޓީމުން ކަޑިޒް ބަލިކުރީ ދެ ވަނަ ހާފުގައި ލަނޑުތައް ޖަހައިގެންނެވެ. ރެއާލުން ލީޑުނެގީ، 51 ވަނަ މިނިޓްގައި ބްރަހިމް ޑިއާޒް ޖެހި ގޯލުންނެވެ. ބަދަލަކަށް ކުޅެން އެރިތާ އިރުކޮޅެއްގެ ތެރޭގައި ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ ޖޫޑް ބެލިންހަމް އެވެ. ތިން ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ހޮސޭލޫއެވެ.

މިރޭގެ ނަތީޖާއާ އެކު، ޖިރޯނާ ވަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *