Wednesday, 9 September 2026
Ads by

ތިމާވެއްޓާ ރައްޓެހި އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ބޭނުންކުރަނީ

ތިމާވެއްޓާ ރައްޓެހި އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ބޭނުންކުރަނީ

ފެހިކުލައިގެ ބޯޑު ތަޢާރަފްކޮށް އަލަށް ގެނެވޭ ބަދަލުގެ ސާމްޕަލެއް---

ދިވެހިރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުން އިތުރުކުރުމަށް ބާރުއެޅުމަށްޓަކައި، އެފަދަ އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކޮށް ބޭނުންކުރާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

Ad Image
Ads by

ސަރުކާރުގެ މި ނިންމުން އިޢުލާންކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ކުލައިގެ ނަމްބަރު ބޯޑު ހަރުކޮށް ބޭނުންކުރަން ފެށުމުން، އެފަދަ އުޅަނދުތައް މަގުތަކުން ފަސޭހައިން ދެނެގަނެވޭނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ބިނާކުރުމުގެ ގޮތުން ފެށި މަޝްރޫއެއް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަލަށް ގެނެވުނު އުޞޫލުގައިވާ ގޮތުން، އަމިއްލަ ފަރާތްތަކުން ދުއްވާ އިލެކްޓްރިކް އުޅަނދުތަކުގައި ހަރުކުރާނީ ފެހި ކުލައިގެ ބޯޑެއްގައި ހުދު އަކުރުން ލިޔެފައިވާ ނަންބަރު ބޯޑު ކަމަށާއި، އިލެކްޓްރިކް ޓެކްސީތަކުގައި ބޭނުންކުރާނީ ފެހި ކުލައިގެ ބޯޑެއްގައި ރީނދޫ އަކުރުން ލިޔެފައިވާ ނަންބަރު ބޯޑު ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ހަކަތަ އިސްރާފުކުރުން ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމެވެ. މި މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ އިލެކްޓްރިކް ޓެކްސީގެ ޚިދުމަތް ތަޢާރަފުކުރުމަށް ނިންމައި، 150 އަށްވުރެ ގިނަ އުޅަނދު ރާއްޖެއަށް ގެނެސްފައެވެ. މިހާރު ކުރިއަށްދަނީ މި ޚިދުމަތް ފެށުމާ ގުޅޭ އެންމެފަހުގެ މަރުޙަލާތަކެވެ.

ރާއްޖޭގައި މިހާރު އުޅަނދުތަކުގެ ނަންބަރު ބޯޑު ބޭނުންކުރަނީ، އަމިއްލަ އުޅަނދުތަކުގައި ކަޅު ކުލައިގެ ބޯޑު، ޓެކްސީތަކުގައި ރީނދޫ ކުލައިގެ ބޯޑު، ސިފައިންގެ އުޅަނދުތަކުގައި ހުދު ކުލައިގެ ބޯޑު އަދި ޑިޕްލޮމެޓިކް އުޅަނދުތަކުގައި ނޫ ކުލައިގެ ބޯޑެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި