Wednesday, 9 September 2026
Ads by

އެސްޓީއޯއިން ގޭހާއި ތެލުގެ އިތުރު ޝިޕްމަންޓެއް ގެންނަނީ

އެސްޓީއޯއިން ގޭހާއި ތެލުގެ އިތުރު ޝިޕްމަންޓެއް ގެންނަނީ

އެސްޓީއޯގެ މައި އިދާރާ---

ކައްކާ ގޭހާއި ތެލަށް ނުޖެހޭނެ ކަމަށާއި، ވަރަށް އަވަހަށް ގޭހާއި ތެލުގެ އިތުރު ޝިޕްމަންޓެއް ރާއްޖެ އަންނާނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެސްޓީއޯއިން ބުނެފައިވަނީ، ކައްކާ ގޭހުގެ އިތުރު ޝިޕްމަންޓެއް އަންނަ ހުކުރު ދުވަހު އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ މޯލްޑިވް ގޭހަށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ރާއްޖެއަށް ތެލުގެ އިތުރު ޝިޕްމަންޓެއް ވެސް އަންނާނެ ކަމަށް އެ ކުންފުނިން ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން މި މަހުގެ 20 އަދި 23 ވަނަ ދުވަހު ތެލުގެ ޝިޕްމަންޓް ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ގޭހުގެ ޑިމާންޑު އުފުލުމާ ގުޅިގެން، 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި އެ ކުންފުނިން މިހާރު ވިއްކަނީ ފަސް ކިލޯގެ ގޭސްފުޅިއެވެ. ހުސްވި ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އެސްޓީއޯއިން ވަނީ 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާއެކު ހަތް ކިލޯގެ ގޭސްފުޅި ވިއްކާފައިވެއެވެ.

މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން އެސްޓީއޯއިން ވަނީ ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތަކަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެސްޓީއޯއިން މީގެ ކުރިން 13.50 އަށް ވިއްކި ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 16.01 ރުފިޔާއަށެވެ. އަދި މީގެ ކުރިން 13.92 އަށް ވިއްކި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 17.54 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ބޭނުންވާ ގޭހާއި ތެޔޮ ގެނައުމުގައި، މި ތަކެތި އެތެރެ ކުރާ ފަރާތްތަކާއެކު، މި ތަކެތީގެ ސަޕްލައި މެނޭޖު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ރާއްޖޭގައި ހުރި ތެލުގެ ސްޓޯރޭޖުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިޒުރޭލާއި އެމެރިކާ އިސްވެ އީރާނަށް ދިން ނިރުބަވެރި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން އީރާނުން ވަނީ ހުރުމުޒް ކަނޑުއޮޅިން އެއްވެސް އުޅަނދަކަށް ދަތުރުނުކުރެވޭނޭހެން އެއްކޮށް ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ގޭހާއި ތެލުގެ އަގު އުފުލި، އެ ތަކެތި ލިބުމަށް ވަނީ ދަތިވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި