Ads by
ޚަބަރު
ޤަވާއިދާއި ޚިލާފަށް މާލެ މަގުމައްޗަށް ކުނި އެޅި ބިދޭސީއަކު ޑީޕޯޓުކޮށްލަނީ
ފޮޓޯ: މާލެ ސިޓީ ކައުންސިލް

ޤަވާއިދާއި ހިލާފަށް މާލޭގެ މަގުމައްޗަށް ކުނި އަޅަމުން ދިޔަ ބިދޭސީ މީހާ ހޯދައި އޭނާ ޑީޕޯޓުކޮށްލުމަށް ނިންމާފައިވާ ކަމުގައި މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެކަން ހާމަކޮށް މާލޭ ސިޓި މޭޔަރު އާޒިމް “އަކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދި ބިދޭސީ މީހާއަކީ ގަވާއިދާއި ޚިލާފަށް ރާއްޖެ އެތެރެވެގެން އުޅޭ މީހެއް ކަމަށާއި މިހާރު އެ މީހާ ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ޑީޕޯޓުކޮށްލުމުގެ މަސައްކަތް އިމިގްރޭޝަނާއި ގުޅިގެން ފުލުހުން ކުރަމުން އަންނަ ކަމުގައިއާދަމް އާޒިމްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

މާލޭގެ މަގުތަކުގެ އެކި ސަރަހައްދުތަކަށް ކުނި އަޅާކަން ފާހަގަ ކުރެވިގެން މީހެއް ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ކޮށްފައެވެ. އަދި އެމީހާގެ ފޮޓޯ އާއި ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

މާލެ މަގުމައްޗަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *