Ads by
ޚަބަރު
އެފްޑީސީގެ އާ ލޯގޯ އިފްތިތާހުކުރައްވައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް(އެފްޑީސީ)ގެ އާ ލޯގޯ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އިފުތިތާހު ކޮށްދެއްވައިފިއެވެ.

Ads by Eki Online

ނައިބު ރައީސް މި ލޯގޯ އިފްތިތާހު ކޮށްދެއްވާފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހަފުލާ ޝަރަފްވެރިކޮށްދެއްވަމުންނެވެ.

މި ހަފުލާގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެކި މަޝްރޫއުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެ އެވެ. އަދި މިހާރު ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ހިއްސާކުރައްވާފައިވެއެވެ.

ފޮޓޯ: ރައީސް އޮފީސް

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ “ކޮލިޓީ އެޝުއަރަންސް އެވޯޑު” ހާސިލުކުރެއްވި ފަރާތަށާއި، “އައުޓްސްޓޭންޑިން ކޮންޓްރިބިއުޓާ އެވޯޑު” ހާސިލުކުރެއްވި ފަރާތްތަކަށް އެ އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ. ހަމަ އެއާއެކު އެ މަނިކުފާނު ވަނީ “އެމްޕްލޯއީ އޮފް ދަ ޔެއާ އެވޯޑު” ހާސިލުކުރެއްވި ފަރާތްތަކަށް އެ އެވޯޑުވެސް ހަވާލުކޮށްދެއްވާފައެވެ.

“ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު އެވެ. 100 އިންސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނީގެ މައިގަނޑު މަގުސަދަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *