Ads by
ޚަބަރު
ފުނަދޫއިން ހައްޔަރުކުރި ސިހުރުވެރިޔާގެ ބަންދަށް 15 ދުވަސް

ށ. ފުނަދޫ ދާއިރާގެ ގޮނޑިއަށް އަލަށް އިންތިހާބުވި މެމްބަރު މުހައްމަދު މަމްދޫހުއަށް ސިހުރު ހަދަމުން ދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by Eki Online

ސިހުރު ހަދާކަމުގެ ތުހުމަތުގައި އެރަށުން އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިހާބަށްފަހު މަމްދޫހުއަށް ސިހުރު ހަދަން އެމީހާ ފުނަދޫއަށް ގެންދިޔައީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެމީހާ ހައްޔަރު ކުރިއިރު ސިހުރު ހަދަން ބޭނުންކުރި ބައެއް ސާމާނުވެސް ވަނީ ފެނިފައެވެ.

އެ ރަށުގެ މީހުން ބުނާ ގޮތުގައި، ސިހުރު ހެދުމުގެ ގޮތުން ‘ކަބީލާ ލޮއި’ ގައި މަމްދޫހުގެ ނަމާއި ގުރުއާންގެ އާޔަތްތައް ލިޔެ ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ގަސްގަހަށް ވަނީ ޖަހާފައެވެ. އަދި އެ ލޮއިތައް ގަސްގަހަށް ޖަހަނިކޮށް އެ ރަށުގެ ބައެއް މީހުންނަށް ފެނިފައި އެބަހުއްޓެވެ. ސިހުރު ހަދާފައި ވަނީ މަމްދޫހު ‘މަރާލުމަށް’ ކަމަށް ރުގްޔާ ކުރާ މީހުންނާ ހަވާލާދީ އެ ރަށުގެ ބައެއް މީހުން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *