Ads by
ޚަބަރު
ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް އަންނަ ޖޫން މަހުގެ 29ގައި
ފޮޓޯ: މީސް މީޑިއާ

މިއަހަރު ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ 29 ވަނަ ދުވަހުގައި ކަމަށް ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

Ads by Eki Online

މި މުބާރާތާ ގުޅިގެން ކީރިތި ޤުރްއާނާބެހޭ ގައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ވަނީ ސްކޫލްތަކުގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނާއި ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް ފެށުމަށް އިއުލާންކުރެވިފައިވާ ތާރީޚު ދިމާވާތީ މުބާރާތް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ 29 ޖޫން ގައި ކަމަށެވެ.

މި ސަރުކާރުން އިސްލާމީ ކަންތައްތަކަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވަން ފައްޓަވާފައިވާއިރު، އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ‏ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަށް އެ މުބާރާތުގެ ހައްގު ދަރަޖައާއި މަގާމު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރައީސް މައުމޫނުގެ ޒަޢާމަތުގައި، 1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *