Ads by
ޚަބަރު
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައި.ޔޫ.އައި ޚިދުމަތަށް އާސަންދަ ހަމަޖެހިއްޖެ

ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކުން ފޯރުކޮށްދެމުންދާ ދަރިމައިވުމުގެ ފަރުވާ، އިންޓްރަޔުޓަރިން އިންސެމިނޭޝަން (އައިޔޫއައި) ޕްރޮސީޖަރ އަށް އާސަންދަ ސްކީމްގެ ފުރިހަމަ ކަވަރޭޖް މިވަނީ ހަމަޖެހިފައެވެ.

Ads by Eki Online

މީގެ ކުރިން އާސަންދައިގެ ދަށުން އައިޔޫއައި ޕްރޮސީޖަރ އަށް ލިބެމުންދިޔައީ ޕާޝަލް ކަވަރޭޖެކެވެ. ނަމަވެސް މިހާރު އައިޔޫއައި ޕްރޮސީޖަރއަށް އާސަންދައިގެ ފުލް ކަވަރޭޖް ލިބުމުން، މިފަރުވާ ހޯދަމުންދާ ގިނަ ފަރާތްތަކަށް އުފުލަން ޖެހޭ މާލީ ބުރަޔަށް ލުއިކަމެއް ލިބި، ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ ގިނަ ފަރާތްތަކަށް މި ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެއެވެ.

ހުރަހެއް މިވަނީ ނައްތާލެވިފައި، އަދި މީގެ ސަބަބުން ގިނަ ފަރާތްތަކަށް މި ޚިދުމަތް ލިބުމަށްމިވަނީ މަގުފަހިވެފައި” ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކްގެ އިސްވެރިޔާ ޑރ. އަނީތާ ގައުރު ވިދާޅުވިއެވެ.
ދަރިމައިވުމާ ގުޅުންހުރި މައްސަލަތަކަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލުގައި 2023 ވަނަ އަހަރުވަނީ ފާޓިލިޓި ކްލިނިކެއް ގާއިމްކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް އައި.ވީ.އެފް އަދި އައި.ޔޫ.އައި ޚިދުމަތް ދޭން ފަށާފައެވެ. މިގޮތުން ކުޅަދާނަ ރިޕްރޮޑަކްޓިވް ސްޕެޝަލިސްޓުންނާއި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، މި ކްލިނިކުންވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލެކެވެ. އަޅުގަނޑުމެންގެ އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *