Ads by
ޚަބަރު
ޑރ. ރަމްޝާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ކެންސަރު ބަލީގައި ޑރ. އާމިނަތު ރަމްޝާ ނިޔާވުމުން އެ އާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް ޑރ.މުޢިއްޒު މިރޭ “އެކްސްގައި” ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހިދުމަތްތެރި އަދި މަގުބޫލު ޑޮކްޓަރު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

އޭނާގެ ވަކިވުމާއެކު ގައުމަށް ގެއްލިގެން އެ ދިޔައީ ކުޅިވަރުގައި މައިދާނުގައި ރީތި ނަމޫދާ ދެއްކެވި މޮޅު އެތުލީޓެއް ކަމާއި އިންސާނަށް ހިދުމަތް ކުރުމުގައި ރެއާ ދުވާލު މަސައްކަތް ކުރެއްވި ވާގިވެރިއަކާއި ބަލި މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިތްވަރު ދެއްވި އޯގާތެރި އެހީތެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މަރްޙުމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި އެވެ. ކީރިތިﷲގެ ރުއްސެވުމާ، ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް އެ މަރްޙޫމާއަށް މިންވަރުކުރައްވާށިއެވެ. އާމީން،

– ރައީސް ޑރ. މުޢިއްޒު

ޑރ. ރަމްޝާ ނިޔާވެފައިވަނީ ބެންކޮކްގައި ކެންސަރަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ. ރަމްޝާ ކެންސަރު ޖެހިފައިވާކަން 2020 ވަނަ އަހަރު އެނގުމާއެކު ތައިލޭންޑަށް ދިރިއުޅުން ބަދަލުކުރައްވައި، ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.

ޑރ. ރަމްޝާ އަވަހާރަވީ ކަރުންމަތީގެ ބަލިތަކަށް ހާއްސަވުމަށް ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ކިޔަވާވިދާޅުވަމުން ދަނިކޮށެވެ. އޭނާ އަވަހާރަވީ ބެންކޮކްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *