Ads by
ހޮލީވުޑް / ބޮލީވުޑް
“ބިގްބޮސް އޯޓީޓީ 3” ޖޫންގައި ފަށަނީ

އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ “ބިގްބޮސް”ގެ ޑިޖިޓަލް ވާޝަންގެ ތިން ވަނަ ސީޒަން މިއަހަރު ޖޫންގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

Ads by Eki Online

ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ 18 ވަނަ ސީޒަން ކުރިއަށް އޮއްވައި މި ޝޯގެ ޑިޖިޓަލް ވާޝަނެއް “ބިގް ބޮސް އޯޓީޓީ 3 ” އަންނަ ޖޫން މަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ޖިއޯ ސިނަމާގައި ދައްކާ “ބިގްބޮސް އޯޓީޓީ 3” ވެސް އެހެން ސީޒަންތަކާ އެގޮތަށް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ. މިފަހަރުގެ ސީޒަންވެސް ހުށައަޅައިދޭނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ބިގްބޮސް އެންމެ ގިނައި ހުށައަޅައިދިން ފަންނާނު ކަމަށްވާ ސަލްމާން ޚާނެވެ.

ސަލްމާނަކީ “ބިގް ބޮސް” ގެ ރަސްމީ ހޯސްޓެވެ.

މިފަހަރުގެ ސީޒަންވެސް ގެނެސްދިނުމަށް ނިންމާފައިވަނީ ހަ ހަފްތާ އާއި އަށް ހަފްތާ އަށެވެ. އޯޓީޓީ ސީޒަން ނިމުމާއެކު ރަސްމީ ބިގްބޮސް ސީޒަން ފެށުމަށްވެސް ވަނީ ނިންމާފައެވެ.

މިފަހަރުގެ ސީޒަންގައި ވެސް ގިނަ މަގުބޫލު ޓީވީ ތަރިންނާއި ބައެއް ރިއަލިޓީ ޝޯތަކުގައި ބައިވެރިވެފައިވާ ފަންނާނުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ޓީވީ އެކްޓަރު ޝެހްޒާދާ ދާމީ އާއި ހަތުރޯން ކޭ ކިޅާލީ 12 އިން ފެނިގެންދިޔަ ޓީވީ އެކްޓަރު ޝީޒާން ޚާން އާއި ބިގްބޮސް 16 ގައި ބައިވެރިވި އެކްޓަރު ޝާލިން ބަނޮޠްގެ ކުރީގެ އަނބިމީހާ އަދި މަޝްހޫރު އެކްޓްރެސް ދަލްޖިތު ކޯރާ އާއި ބިގްބޮސް 17 ގައި ބައިވެރިވި ޓީވީ އެކްޓްރެސް އިޝާ މަލްވިޔާ އާއި ލަވަކިޔުންތެރިޔާ ސްރީރާމާ ޗަންދްރާ އަދި މަޝްހޫރު ޔޫޓިއުބާ މަހޭޝް ކެޝްވާލާގެ އިތުރުން ޓީވީ އެކްޓްރެސް ޕްރަތިކްޝާއެވެ.

މިއަހަރުގެ ޖެނުއަރީގައި ނިންމާލި “ބިގްބޮސް 17” ކާމިޔާބު ކުރީ ސްޓޭންޑް-އަޕް ކޮމީޑިއަނެއް ގޮތުގައި މަގުބޫލުކަން ހޯދާފައިވާ މުނައްވަރު ފާރޫގީއެވެ.

މިދިޔަ އަހަރު ގެނެސްދިން “ބިގްބޮސް އޯޓީޓީ 2” ކާމިޔާބު ކޮށްފައި ވަނީ ޔޫޓިއުބާ އެލްވިޝް ޔާދަވްއެވެ. “ބިގްބޮސް އޯޓީޓީ 1” ކާމިޔާބު ކުރީ ޓީވީ އެކްޓަރެސް ދިވްޔާ އަގަރްވާލްއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *