Ads by
ޚަބަރު
އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އުނައިސް

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އަބްދުالله އުނައިސް އައްޔަނުކޮށްފިއެވެ.

Ads by Eki Online

އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އުނެއިސް މިއަދު އައްޔަނު ކުރީ, އެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ, އެ ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނު ކުރުމުން، އެ މަގާމު ހުސްވެފައިވާތީއެވެ. އީސީގެ މެމްބަރު ކަމަށް ހަސަން އައްޔަނުކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

މަގާމު ހުސްވުމުން ވަގުތީ ގޮތުން އެސްޖީގެ މަގާމު ފުރުއްވީ ވެސް އުނައިސްއެވެ.

2005 ވަނަ އަހަރުން ފެށިގެން އިލެކްޝަން ކޮމިޝަނުގެ އެކި މަގާމުތައް ފުރުއްވަމުން ގެންދަވާ އުނައިސް ވަނީ އެ ކޮމިޝަނުގެ ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.

މީގެއިތުރުން މިއަދު އެ ކޮމިޝަނަށް ވަނީ ޑިރެކްޓަރަކާއި ޑެޕިއުޓީ ޑިރެކްޓަރަކު ވެސް އައްޔަނުކޮށްފައެވެ. އެ ކޮމިޝަނުގެ ޕްލޭނިން އެންޑް ރަޖިސްޓްރޭޝަން ޑިވިޝަނުގެ ޑިރެކްޓަރަކަށް އައްޔަނު ކުރީ އާމިނަތި އަޒީފާއެވެ. އަދި އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރަކަށް އައްޔަނު ކުރީ ސީނާ ރަޝީދުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *